އަނބިމީހާ ވަރިކޮށް އޭނާގެ ޢިއްދަހަމަވުމުން އޭނާއާއި އެއްގެއެއްގައި ދިރިނުއުޅޭށެވެ! އެއީ ހުއްދަކަމެއް ނޫނެވެ!: ޝައިޚް ޝާފިޢް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 3ސ
އަނބިމީހާ ވަރިކޮށް އޭނާގެ ޢިއްދަހަމަވުމުން އޭނާއާއި އެއްގެއެއްގައި ދިރިނުއުޅޭށެވެ! އެއީ ހުއްދަކަމެއް ނޫނެވެ!: ޝައިޚް ޝާފިޢް

"އަޅުގަނޑުގެ ބެސްޓްފްރެންޑް ވަރިވެގެން ކުރީގެ ފިރިމީހާ އާއި އެއްގެއެއްގައި ދިރިއުޅޭތާ މިހާރު އަހަރަކަށްވުރެ ގިނަވެއްޖެއެވެ. އޭނާ ބުނަނީ ކުދިން ބަލަންވެގެން އިންނަނީ ކަމަށެވެ. ވަރިކޮށް ޢިއްދަހަމަވުމުން ދެމީހުން އެއްގޭގައި ދިރިއުޅުން ހުއްދަވާނެތޯއެވެ؟"

ކިޔުންތެރިޔާގެ މިސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަސް އުންމީދުކުރަމެވެ.  

ވަރިކޮށް ޢިއްދަ ހަމަވެފައިވާ އަންހެންމީހާއަކީ ފިރިހެން މީހާގެ މައްޗަށް ހިލޭ މީހެއްގެ މަޤާމުގައިވާ މީހެކެވެ. އެހެންކަމުން އެ ދެމީހުން އެއްގެއެއްގައި ދިރިއުޅުމާއި އެއްތަނެއްގައި ނިދާ ކައިބޮއި ހެދުމަކީ އެއީ ހުއްދަކަމެއް ނޫނެވެ. 

ތިންފަށް ވަރިއަކުން އަންހެން މީހާ ވަރިވެއްޖެނަމަ، ނުވަތަ ފުރަތަމަ/ދެވަނަ ފަހަރު ވަރިވެ ކައިވެނި ރުޖޫޢަނުކުރަނީސް ޢިއްދަ ހަމަވެފައިވާނަމަ އޭނާ އަކީ ފިރިހެނާއަށް ހިލޭ މީހެކެވެ. އޭނާއާ އެކަހެރިވުމާއި، އޭނާ ގައިގައި އަތްލުމާއި، އޭނާއަށް ބެލުންވެސް ފިރިހެން މީހާއަށް ހުއްދަވެގެންނުވެއެވެ. 

އަދި ފިރިހެން މީހާއާއި އަންހެން މީހާ އެއްގެއްގައި އުޅުމަކީ އެއްވެސް ޝައްކެތް ނެތްގޮތުގައި، މި ފަދަ ޝަރްޢީ މިންގަނޑުތައް ހިފެހެއްޓުމަށް ނުހަނު އުނދަގޫވާނޭ ކަމެކެވެ. 

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. 

"ތިންފަށްވެފައިވާ މީހާއަކީ އެހެނިހެން ހިލޭ އަންހެނުން ފަދަ މީހެކެވެ. ހިލޭ އަންހެނުންނާއި އެކަހެރިވުން ހުއްދަވެގެންނުވާ ފަދައިން ފިރިހެން މީހާ އޭނާއާ އެކަހެރިވުން ހުއްދަވެގެން ނުވެއެވެ. އަދި ހިލޭ މީހުންނަށް ބެލުން ހުއްދަވެގެން ނުވާ ފަދައިން އެ އަންހެން މީހާއަށް ބެލުން ފިރިހެން މީހާއަށް ހުއްދަވެގެން ނުވެއެވެ." الفتاوى الكبرى” (3 / 349). 

އެކަމުގެ ދަލީލުތަކަކީ ހިލޭ އަންހެނަކާ ފިރިހެނަކު އެކަހެރިވުން ޙަރާމްކަމުގެ މައްޗަށް އައިސްފައިވާ ދަލީލުތަކެވެ. 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. 

لَا يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلَّا وَمَعَهَا ذُو مَحْرَمٍ -رواه البخاري ( 5233 ) ومسلم ( 1341  . 

"މަޙްރަމަކާ އެކު މެނުވީ ފިރިހެނަކު އަންހެނަކާ އެކަހެރިނުވާހުށިކަމެވެ." 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. 

لَا يَخْلُوَنَّ رَجُلٌ بِامْرَأَةٍ ، فَإِنَّ ثَالِثَهُمَا الشَّيْطَانُ-رواه أحمد (178) وصححه الألباني فيإرواء الغليل” (1813) 

"ހަމަކަށަވަރުން ފިރިހެނަކު އަންހެނަކާ އެކަހެރިނުވާށެވެ. އެދެމީހުންގެ ތިންވަނަ ފަރާތަކީ ޝައިޠާނާއެވެ." 

- ޥައިޚް މުޙައްމަދު ޝާފިޢް 

މަރްޖިޢުތައް

فتاوى اللجنة الدائمة” (20/226) .

https://islamqa.info/ar/answers/52814

 

މިއަދު އޮންލައިން