އެކަނި ޕެރޫއަށް ދަތުރުކުރި އިނގިރޭސިވިލާތުގެ އެކަނިވެރިމައަކު މަރާލާފަ ވަޅުލާފަ އޮއްވާ ފެނިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
އެކަނި ޕެރޫއަށް ދަތުރުކުރި އިނގިރޭސިވިލާތުގެ އެކަނިވެރިމައަކު މަރާލާފަ ވަޅުލާފަ އޮއްވާ ފެނިއްޖެ

ލޯބިވެރިޔާއާއި ބައްދަލުކުރަން އެކަނި ޕެރޫއަށް ދަތުރުކުރި އިނގިރޭސިވިލާތުގެ އެކަނިވެރިމައަކު މަރާލާފައި ކޮތަޅަކަސްލާފައި ވަޅުލާފައި އޮއްވާ ފެނިއްޖެއެވެ. 

8 އަހަރުގެ އަންހެން ދަރިފުޅުގެ މަންމަ ކާރލާ ޒިއޯމަރާ ޒެލަޔާ މަރާލައި ލޯބިވެރިޔާގެ މާމަގެ ގެއެއްގެ ގޯތިތެރޭގައި ވަޅުލާފައި އޮއްވާ ފުލުހުން އޭނާ ގެއްލިގެން ޢާއިލާއިން ކުރި ރިޕޯޓަކާއި ގުޅިގެން ފުލުހުން އޭނާ ހޯދަން ކުރި މަސައްކަތުންނެވެ. ފުލުހުން މިހާރު ދަނީ ޤާތިލު ހޯދަން މަސައްކަތްކުރަމުންނެވެ. 

ކޮންމެ ދުވަހަކުހެން ދުނިޔޭގެ ކަންކޮޅުތަކުގައި މިފަދަ ޙާދިސާތައް ހިނގަމުންދާއިރު އިސްލާމް ދީނުގައި އަންހެނުން އެކަނި ދަތުރުކުރުން ހުއްދަވެގެނެއް ނުވެއެވެ. އަންހެނަކު ދަތުރުކުރާނަމަ އޮތީ މަޙްރަމަކާއިއެކު ދަތުރުކުރުމަށެވެ. އެހެންކަމާއިއެކުވެސް މުސްލިމުންގެ ތެރެއިންވެސް ގިނަ ބައަކު މަޙްރަމަކާއި ނުލާ އެކަނި ދަތުރުކުރާކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން