ލިވާތުގެ ކުށާއި ސިޙާޤުގެ ކުށްތައް ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައެޅުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ހުށަހެޅުއްވި އިސްލާޙް ބަލައި ނުގަނެ މަޖިލީހުން ބޭރުކޮށްލުމުން ދީނީ ޢިލްމުވެރިން ކަންބޮޑުވުން ފައުޅުކުރައްވަން ފަށްޓަވައިފިއެވެ.
"ﷲ ޙަރާމްކަމެއްގެ ގޮތުގައި އަދި ބޮޑުފާފައެއްގެ ގޮތުގައި ލައްވާފައިވާ ކަމެއް ބަޔަކު މީހުން އެއީ ހުއްދަ އަދި އާދައިގެ ކަމެއް ކަމުގައި ހެދިނަމަވެސް އެކަން އެގޮތަކަށް ނުވާނެ. الله ގެ ޙުކުމް ބަދަލުކުރެވޭނެ ހަމައެކަކުވެސް ނުވޭ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
الله ޙަރާމްކަމެއްގެ ގޮތުގައި އަދި ބޮޑުފާފައެއްގެ ގޮތުގައި ލައްވާފައިވާ ކަމެއް ބަޔަކު މީހުން އެއީ ހުއްދަ އަދި އާދައިގެ ކަމެއް ކަމުގައި ހެދިނަމަވެސް އެކަން އެގޮތަކަށް ނުވާނެ. الله ގެ ޙުކުމް ބަދަލުކުރެވޭނެ ހަމައެކަކުވެސް ނުވޭ.
— Dr.Mohamed Iyaz (@dr_iyaz) October 11, 2022
މިއިސްލާހު ބަލައިގަތުމަށް ފެންނަ ކަމަށް 13 މެމްބަރުން, ނުފެންނަ ކަމަށް 25 މެމްބަރުން ވޯޓުދިނެވެ.
މި އިސްލާހު ބަލައިގަތުމަށް ފެންނަ ކަމަށް އެމްޑީޕީގެ 3 މެންބަރުން ވޯޓުދިނެވެ. އެ 3 މެމްބަރުންނަކީ ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ، ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް
އަހުމަދު އަދި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފެވެ.
މީގެ އިތުރުން ޤާސިމް ހުށަހެޅުއްވި 2 އިޞްލާޙްވެސް ވަނީ މަޖިހުން ބޭރުކޮށްލައިފައެވެ.
އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 މެމްބަރުން ކަމުގައި ކަނޑައެޅުމަށް ހުށަހެޅުއްވި އިޞްލާޙާއި އިސްލާމް ދީނާ ދެކޮޅު އަމަލު ހިންގުމުގެ ކުށުގެ އަދަބު ބޮޑުކޮށް މި ކުށް ޖިނާޔަތުގެ ދެ ވަނަ ދަރަޖައިގެ ކުށެއް ކަމުގައި ކަނޑައެޅުމަށެވެ.