މަލާއިކަތްބޭކަލުން- 12: މަރުގެ މަލާއިކަތާ މަލަކުލްމައުތުގެފާނު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
މަލާއިކަތްބޭކަލުން- 12: މަރުގެ މަލާއިކަތާ މަލަކުލްމައުތުގެފާނު

ޢަލީ އިޙްޞާން ފިރާޤް

 

ملك الموت عليه السّلام

މަރުހިއްޕަވާ މަލާއިކަތާ ނުވަތަ މަލަކުލް މައުތުގެފާނުގެ ވާހަކަ ބަޔާން ކުރައްވައިފައިވަނީ ސަޖިދަ ސޫރަތުގެ 11 ވަނަ އާޔަތުގައެވެ. އެ އާޔަތުގައި ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

قُلْ يَتَوَفَّاكُم مَّلَكُ الْمَوْتِ الَّذِي وُكِّلَ بِكُمْ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ ﴿١١﴾‏

މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މަރުހިއްޕެވުން حوال ކުރައްވާފައިވާ ملك الموت ތިޔަބައިމީހުންގެ މަރު ހިއްޕަވާނެތެވެ. ދެން ތިޔަބައިމީހުން رجوع ކުރައްވާހުށީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށެވެ].

މަލަކުލްމައުތުގެފާނު، ނަބީބޭކަލުންގެ ފުރާނަފުޅު ހިއްޕަވަނީ އެބޭކަލުންގެ އިޒުނަ ލިބިވަޑައިގަތުމަށްފަހުގައެވެ. ފުރަތަމަ މަލަކުލްމައުތުގެފާނު ޖެހިވަޑައިގަންނަވަނީ އެބޭކަލެއްގެ އަރިހަށް ވަޑައިގެން ވާހަކަފުޅު ދައްކަވައި އެބޭކަލެއްގެ އިޒްނަ ހޯއްދެވުމަށެވެ. އެހެން މޫސާގެފާނުގެ ވާހަކަ އާއި އާދަމުގެފާނުގެ ވާހަކައިން ޞަރީޙްކޮށް ދޭހަވެއެވެ. އެދެ ވާހަކައަކީ ޞައްޙަ ދެވާހަކައެވެ.

 

މިއަދު އޮންލައިން