ރާއްޖޭގައި މީގެކުރިން ވަނީ އެހެން ކަރަތަކުން މާބޮޑެތި ބިޔަ މަޝްރޫޢުތައް ހިންގާފައިނަމަވެސް އެއްވެސް މަޝްރޫޢެއް ހިންގި އެއްވެސް ކަރައެއްގެ ބައަކު މީގެކުރިން މިސްކިތްތަކުގެ ޙުރުމަތް ކަނޑައި އެތަންތަނުގައި ދިރިއުޅުނުކަން އެނގިފައެއް ނެތެވެ.
މާލެސިޓީގައި އެކަރައިގެ މީހުންނަށް މަޝްރޫޢުތައް ހިންގެނީ ކަލާނގެ ތަކުގެ ނަންބޯޑު ޖަހައިގެންނެވެ. ކޮވިޑުތެރޭގައި ރާއްޖެއައި ހަމައެކަރައިގެ މީހުން މިސްކިތްތަކުގައި ނިދައި ފެންވަރައި ދިރިއުޅުނު މައްސަލަތަކެއް އެއިރު ފެންމަތިވިއެވެ.
މިހުރިހާ ކަމަކަށް ބަލައިލުމުން އެކަރައިން ރާއްޖޭގައި ކުރަން މިއުޅެނީ ކޮން ކަންތައްތަކެއްކަން ވަރަށް ރަނގަޅަށް އެނގިގެންދާކަން ފާހަގަކުރެވެއެވެ.
ގުޅުންހުރި ވީޑިއޯ: