އަޅުގަނޑަކީ ނިދުމުގެ މައްސަލަތައް ވަރަށް ބޮޑު މީހެކެވެ. ރޭވެސް އިރާކޮޅު ނިދަން މަސައްކަތްކުރުމުން ނިދުނީ އެންމެ ދޮޅު ގަޑިއެއްހައިއިރުއެވެ. ދެން މަސައްކަތްކޮށްކޮށްވެސް ނިދޭނެ ގޮތެއް ނުވިއެވެ.
ނުނިދޭތީ ބޮލަށްބަރުވެފައި ހުރިވަރުން ރޭއަޅުކަންކުރަންވެސް އުނދަގޫވިއެވެ. 4 ޖެހުމުން ވަރަށް އަސަރުކުރިއެވެ. ފަތިސްނަމާދު ގެއްލިދާނެތީއެވެ! ދެން ހަމަ ވަގުތުން ﷲ ތަޢާލާ ގެ މަތިން ހަނދުމަކުރުންމަތީގައި އޮވެ ދިވެހި ބަހުން ދަންނަވަމުން ގެންދިއައިމެވެ.
"ޔާ ﷲ! މިއަޅާގެ ހުރިހާ ކަމަކަށް ހުރިހާ ބާރުތަކެއް ވަނީ އިނބަﷲ ގެ ޙަޟްރަތުގައެވެ. މިއަޅާއަށް ކިތަންމެ ކުޑަނަމަވެސް ނިދިކޮލެއް ދެއްވަވާނދޭވެ! އަދި މިއަޅާއަށް ފަތިސް ނަމާދުގެ ޖަމާޢަތް ދެއްވަވާނދޭވެ!"
ދަންނަވަންތޯއެވެ! ﷲ ގަންދީ ދަންނަވަމެވެ. 4:15 ގަ ނިދުނެވެ. އިހު ސުންނަތާއިއެކު ފަތިސްނަމާދުގެ ޖަމާޢަތްވެސް ލިބުނެވެ. ހިތާމައަކީ ކުރީ ސަފު ނުލިބި 3 ވަަނަ ސަފު ލިބުނުކަމެވެ.
މިއީ ހަމަ ރޭ ހިނގިކަމެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަކީ މިބާވަތުގެ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ ބައަކަސްވާތީ ހަަމަ މައުލުމާތަށްޓަކައި ދަންނަވައިލީއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް