އެއް ދުވަހަކު ޞަޙާބީންނަށް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅު ކުރެއްވެވިއެވެ. "ދުލަށް ރައްކައުތެރިވާށެވެ! (ދޫ ކޮންޓްރޯލްކުރާށެވެ! ދުލުން ބުނެވޭ ބަސްތަކަށް ރައްކައުތެރިވާށެވެ!"
އެހިނދު ޞަޙާބީއަކު ސުވާލުކުރެއވެވިއެވެ! "ޔާ ތަސޫލުﷲ! ދުލުން ބަހެއް ބުނެވުނަސް އެބަހަށް ޢަމަލުނުކުރާނަމަވެސް ބުނެވުނު ބަހަށް ޒިންމާވާންޖެހޭނެތޯއެވެ؟" ޖަވާބުގައި ޙަދީޘްފުޅުކުރެއްވެވީ "ގިނަބައަކު، ފުރަތަމަ އެމީހުންގެ ބޯވަންނާނެގޮތަށް ނަރަކައަށް އެއްލައިލެވެނީ އެމީހުން ބުނެއުޅުނު ބަސްތަކުގެ ސަބަބުން ފިޔަވައި ކޮންކަމަކުން ހެއްޔެވެ؟" މިފަދަ ޢިބާެާތެކެވެ.
ލޮބުވެތި އެކުވެރިންނޭވެ! ނަރަކައިން ސަލާމަތްވުމަށް އެދޭމީހާ، ދުލުން ބުނާ ބަސްތަކަށް ރައްކައުތެރިވާށެވެ. ތިމާ ނުބައި ޢަމަލެއް ނުކުރިނަމަވެސް ބުނެވޭ ނުބައި ބަސްތަކުގެ ސަބަބުން ނަރަކައަށް ވަންނަންޖެހިދާނެކަން މިއޮތީ ވަރަށް ސާފުކޮށް އެނގޭށެވެ!
ސަމާސައަށްވެސް ދޮގު ނުބުނާށެވެ! މީހުންނަށް މަލާމާތްކޮށް ފުރައްސާރަ ނުކުރާށެވެ! އަނެކާގެ ހިތުގައި ޖެހޭނެފަދަ ބަސްތައް ނުބުނާށެވެ! އެއިގެ ބަދަލުގައި ޤުރްޢާން ކިޔަވާށެވެ! ޛިކުރުތައްކިޔާށެވެ! މީސްތަކުންނަށް ހެޔޮ ބަސްބުނާށެވެ! ހެޔޮ ޢަމަލުތައް ކުރަން ހިތްވަރުދޭށެވެ! އެއިރުން އެބަސްތަކުގެ ސަބަބުން ތިބާ ސުވަރުގެ ވައްދަވާނެތެވެ! އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން