އެކަނިހުރެ ފަތިސްނަމާދުކުރަން ނަމަވެސް މިސްކިތަށްދާން ނުކުމެއްޖެނަމަ ރާއްޖޭގައި ގިނަ ވައްތަރުގެ ވޭރިއަންޓް މާބޮޑަށް ރުޅިގަދަވަނީ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 47ސ
އެކަނިހުރެ ފަތިސްނަމާދުކުރަން ނަމަވެސް މިސްކިތަށްދާން ނުކުމެއްޖެނަމަ ރާއްޖޭގައި ގިނަ ވައްތަރުގެ ވޭރިއަންޓް މާބޮޑަށް ރުޅިގަދަވަނީ!

މާލެ ސިޓީގައި ފަތިސްނަމާދަށް މިސްކިތަށް ދާ މީހުންނަށްވުރެ އަބަދުވެސް ކަސްރަތުކުރަން ނުކުންނަ މީހުންގެ އަދަދު ގިނައެވެ. ސަބަބަކީ އަންހެނުން ގޭގައި ނަމާދުކުރާތީކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ. 

މިހާރު މިވަނީ ފަތިހު 4 ން ހެނދުނު 8 އަށް އެކަނި ނުކުމެ ކަސްރަތުކުރަން ކޮރޯނާ ރުހިފައެވެ. ނަމަވެސް ހަމަ އެވަގުތުގައި ކުރަން ޖެހޭ ފަތިސްނަމާދު އެކަނިހުރެ ކުރަން ނަމަވެސް މިސްކިތަށްދާކަށް ކޮރޯނާ ނުރުހުނެވެ. 

މިކަންވެސް ވެފައި މިއޮތީ ހަމަ ޢީދު ދުވަހު ކަންތައް ވީގޮތަށެވެ. ކޮރޯނާ ނުރުހިގެން ޢީދު ނަމާދު ނުކުރެވިފައި ކޮރޯނާ ތަރުޙީބުދޭތީ އިބްރާހީމީ މިސްކިތް ކައިރިއަށް އެއްވެވުނު ގޮތަށެވެ.  

މާލޭގެ ގެދޮރުގެ ޙާލަތު ހުރިގޮތުން ފަތިސްނަމާދަކީ ގިނަ ގެތަކުގައި ކުރަން އެންމެ ދަތި އުނދަގޫ ނަމާދެވެ. އެއީ އެންމެންހެން ނިދާފައި ތިބޭ ވަގުތަކަށް ވުމުން ދުވާލު މީހުން ހޭލައިތިބޭއިރު ސަޖިދަ ޖަހާލަން ލިބޭވަރުގެ ތަންކޮޅެއްވެސް ފަތިހު ލިބުން އުނދަގޫކަމުންކަން ގިނަ ބައަކު ފާހަގަކުރެއެވެ.

މިއަދު އޮންލައިން