ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިޢުލާން ކުރާ ގެދޮރުވެރިޔާ ފުލެޓް، ސޯޝަލް ހައުސިންގެ ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމެޖެހިފައިވާ 1000ޔުނިޓުގެ މިކްސްޑް ރެސިޑެންޝަލް ހައުސިންގ ޕްރޮޖެކްޓް މިއަދު ވަނީ ރަސްމީކޮށް ފައްޓާފައެވެ.
ސަރުކާރުގެ އެއްމެ މުހިއްމު އެއް ސިޔާސަތު ކަމަށްވާ އަތް ފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢު އަކީ އެޕޯލޯ ހޯލްޑިންގްސް އާއި ހަވާލުކުރެވިގެން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ކުރިއަށް ގެންދެވޭ މަޝްރޫޢުއެކެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިއަދު ބޭއްވި ޙާއްޞަ ރަސްމިއްޔާތުގައި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ރަސްމީކޮށް ފައްޓަވާދެއްވީމިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންްފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް އާއި އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޞިލް ސުހައިލް އަހުމަދެވެ. މިއީ ދިވެހި ރާއްޖޭގެ ކުންފުންޏަކުން އިމާރާތް ކުރާ އެއްމެ ބޮޑު ގެދޮރުވެރިކަމުގެ މަޝްރޫޢުއެވެ. އަދި މި މަޝްރޫޢު އަކީ ޑިވެލޮޕަރ ފައިނޭންސިންގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ.
މި މަޝްރޫޢުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކައުންސިލް ހައުސިންގ އަކީ ކައުސިންލްގެ ފަރާތުން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ޔުނިޓުތަކެކެވެ. މި ޔުނިޓުތަކަކީ ހަމައެކަނި ލީސް ކުރާ ނުވަތަ ލީސް މޮޑޮލްއަށް ދެވޭ ޔުނިޓުތަކެކެވެ. އަދި އެފޯޑަބަލް ހައުސިންގގެ ދަށުން ލީސް ޓު އޯން އުސޫލުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ޔުނިޓުތަކަކަކީ މަހު ކުލި ދައްކާ ޔުނިޓަށްވާ ޖުމްލަ ފައިސާ ދެއްކާ ހަލާސް ކުރުމުން އެފަރާުތުގެ ނަމުގެ މައްޗަށް ރަޖިސްޓްރީ ބަދަލު ކުރެވިގެން ދާނެ ޔުނިޓުތަކެކެވެ. އަދި މި ޔުނިޓުތަކުގެ އަގު ކޮންޓްރޯލު ކުރުމަށް ވީހާވެސް ކުޑަ އަގެއްގައި މި ފަރާތްތަކަށް މި ޔުނިޓުތައް ދިނުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އަދި ސަރުކާރުން މަހު ކުލީގެ ގޮތުގައި ނެގުމަށް ޓާގެޓް އަގުތަކެއް ވަނީ ކަނޑައެޅިފައެވެ. މިގޮތުން މި ޔުނިޓުތަކަކީ

މިޑް ލެވެލް ހައުސިންގ އަކީ ޕްރޮޖެކްްޓް ހިންގާ ފަރާތުން ކަނޑައެޅިފައިވާ އަގުތަކަކަށް ވިއްކުމަށް ހަމަޖެހިފައިވާ ޔުނިޓު ތަކެކެވެ. މިގޮތުން ޑިވެލޮޕަރުގެ ފަރާތުން ވިއްކުމަށް ހަމަޖެހިފައިވާ މިޑް ލެވެލް ހައުސިންގ ޔުނިޓުތަކުގެ އަގެއްގެ ގޮތުގައި އަކަފޫޓަކަށް 2400 ރުފިޔާއަށް ވުރެއް ބޮޑު ނޫން އަގެއް ހަމަޖެއްސުމަށް މިއެއްބަސްވުމުގެ ދަށުން ވަނީ ކަނޑައެޅިފައެވެ.
މި މަޝްރޫޢުގެ ދަށުން އިމާރާތް ކުރެވޭ ޔުނިޓުތަކަކީ ޖާގައިގެ ގޮތުންނާއި އަދި އަގުގެ ގޮތުން ވެސް ސަރުކާރުން ކުރިން ހިންގާފައިވާ މަޝްރޫޢުތަކާއި އަޅާބަލާއިރު ގިނަ ހެޔޮބަދަލުތަކެއް ގެނެވިފައިވާ ޔުނިޓުތަކެކެވެ. މިގޮތުން ޔުނިޓުތަކުގެ އަގު ނުވަތަ އިމާރާތް ކުރުމަށް ދާ ޙަރަދު ކަނޑައެޅިފައިވަނީ މިހާރު މާކެޓް ނުވަތަ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގައި ކަނޑައަޅާފައިވާ އަގުތަކަށް ވުރެއް ނިސްބަތުން ކުޑަކުރެވިގެންނެވެ. މިގޮތުން ހިޔާ 7000 ހައުސިންގ ޔުނިޓުތަކާއި އަޅާބަލާނަމަ ކައުންސިލް ހައުސިންގެ ގޮތުގައި ކަނޑައެޅިފައިވާ ޔުނިޓުތަކުގެ އަގު ވަނީ %27 ކުޑަކުރެވިފައެވެ.
1ވަނަ ސްޓޭޖް 31 މާރިޗު 2023 ނިއްމުމަށް ހަމަޖެހިފައިވާއިރު ސްޓޭޖް 2 އަދި 3 ގެ މަސައްކަތް 31 އޮކްޓޯބަރު 2023ގެ ނިޔަލަށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކޮށް ފެންވަރު ރަނގަޅު އަދި ޖާގައިގެ ގޮތުން ތަނަވަސް ފުލެޓުތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން މިއަދު ރަސްމީކޮށް ފެށިގެން މިދިއަ މަސައްކަތުގެ އިތުރުން ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށް ވެސް ރޭވިފައި ހުރިކަން މިފުރުޞަތުގައި ފާހަގަކުރަމެވެ.