ބޭރަށް ފޮނުވައިގެން މިހައިތަނަށް ކުރި ތަޙްލީލްތަކުން އެންމެ ގިނަ އަދަދަކަށް ފެނިފައިވަނީ އިންޑިއާގައި ފަތުރުނު ވޭރިއަންޓް (ޑެލްޓާ ވޭރިއަންޓް) އެވެ. ނިޞްބަޔަކީ 27 އެވެ. 20 އިންސައްތަ އަކީ އިނގިރޭސިވިލާތުގަ ފެތުރުނު އަލްފާ ވޭރިއަންޓެވެ.
ރާއްޖޭގައި ކޮރޯނާ ވައިރަސް ފެތުރުނުނަމަވެސް ނުރައްކާތެރިކަން ކުޑަވެފައި އޮތީ ނުރައްކައުތެރި ވޭރިއަންޓްތައް މަދުވުމުންކަމަށް ތަޖުރިބާކާރުން އައީ ބުނަމުންނެވެ. އިންޑިއާ ވައިރަންޓް ފެތުރުމުގެ ފުރުޞަތު ލިބިގެންދިއައީ އިންޑިއާގެ ފަތުރުވެރިން ކަރަންޓީނުގައި ނުތިބެ ރައްޔިތުންގެ ތެރެއަށް ނުކުމެ އުޅުމުންކަން ވެސް ތަޖުރިބާކާރުން ދިއައީ ފާހަގަކުރަމުންނެވެ.
ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ ސާމްޕަލް ޕޮޒިޓިވްވާ ނިޞްބަތް އަދިވެސް އެކަށީގެންވާވަރަށް މަތިކަމަށާއި ދަށްކުރަން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. ބަލީގައި ސީއަސްވެ މަރުވާ މީހުންގެ ޢަދަދު މިހާރު މަދުވަމުން އަންނަކަންވެސް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.