ކޮވިޑް ޖެހުނު މީހުންގެ އަދަދު މިއަދު މިއަދު ވަނީ 148 އިތުރުވެފައެވެ. އިއްޔެ 224 މީހުން ޕޮޒިޓިވްވެފައިވާއިރު މިއަދުވަނީ 372 މީހުން ޕޮޒިޓިވްވެފައެވެ. މާލެ ސިޓީން އިއްޔެ 113 މީހުން ޕޮޒިޓިވްވެފައިވާއިރު މިއަދު ޕޮޒިޓިވްވެފައިވަނީ 125 މީހުންނެވެ.
މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 5262 އެވެ.
މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 61761 އަށް އަރައިފައެވެ.
މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 70673 އަށް އަރައިފައެވެ. މި ބައްޔަށް 8703 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 82 މީހުންނަށެވެ.
މި ބަލީގައި މިއަދު އެކަކު ނިޔާވެފައިވާއިރު ޖުމްލަ ނިޔާވެފައިވަނީ 198 މީހުންނެވެ.