سليمان عليه السّلام شاه مور އަށް ވިދާޅުވިއެވެ. ކަލެއަކީ ވިސްނުންތޫނު ބުއްދިވެރިއެކެވެ. އަހަރެންނަށް نصيحة ގެ ބަސްކޮޅެއް ބުނެދީބަލާށެވެ.
އެހިނި ދެންނެވިއެވެ. މާތް الله ކަލޭގެފާނަށް ނަބީކަމާއި މުޅި ދުނިޔޭގެ ރަސްކަން ދެއްވާފައި ވެއެވެ. މިހެންވެ ކަލޭގެފާނުގެ ރައްޔިތުންނާއި ދޭތެރޭ عدل إنصاف ން ކަންތައްކުރެއްވުމާއި އެމީހުންގެ حال احوال ބެއްލެވުމާއި އެމީހުންނަށް އުފާވެރިކަން ހޯއްދަވައި ދެއްވުން ކަލޭގެފާނަށް ލާޒިމު ވެގެންވެއެވެ. އަދި ظالم ގެ ކިބައިން مظلوم އަށް އިންސާފު ހޯއްދަވައި ދެއްވުމަކީވެސް ކަލޭގެފާނުގެ حقّ އެކެވެ. އަޅުގަނޑަކީ ނިކަމެތި ضعيف މިސްކީނަކީމެވެ. އެކަމަކު އަޅުގަނޑުގެ ރައްޔިތުންގެ حال ހަމަ ކޮންމެ ދުވަހަކު ބަލަމެވެ. އަދި އެމީހުންގެ ހުރިހާކަމެއް އަޅުގަނޑު تحقيق ކުރަމެވެ. އެއީ އެއްވެސް ހިންޏަކަށް ނު حقّ އަނިޔާއެއް ލިބުނަ ނުދިނުމަ ށެވެ.
سليمان عليه السّلام ހިނީގެ ރަސްގެފާނު شاه مور ގެ މިވާހަކަތައް އައްސަވާ އެތަނުން ދަތުރުކުރެއްވުމަށް قصد ކުރައްވައިފި އެވެ. އެވަގުތު شاه مور ދެންނެވިއެވެ. سليمان عليه السّلام އެވެ. ކޮންމެވެސް އެއްޗެއް ފަރިއްކުޅުއްވުމަކާއި ނުލައި ކަލޭގެފާނު މިތަނުން ވަޑައިގެންނެވުމަކީ އެކަށީގެންވާ ރަނގަޅު ގޮތެއް ނޫނެވެ. އަޅުގަޑުމެންނަށް މާތް الله ގިނަގުނަ ރިޒުޤު ދެއްވާފައި ވެއެވެ. ކަލޭގެފާނު ކޮންމެވެސްއެއްޗެއް ވާނީ މިތަނުން ފަރިއްކުޅުއްވާށެވެ.
سليمان عليه السّلام ވިދާޅުވި އެވެ. ވަރަށް ރަނގަޅެވެ. މިހެން ވިދާޅުވުމުން شاه مور އޭނާގެ ކިއްލާއަށް ގޮސް ގޮއްފުޅަތްގެއްގެ ފައެއް ހިފައިގެން އައިސް سليمان ގެފާނުގެ ކުރިފުޅުމަތީގައި ބާއްވައިފި އެވެ. މިފައި ފެނިވަޑައިގެންނެވުމުން سليمان عليه السّلام ހިނިފުޅުވެޑުވި އެވެ. އަދި ވިދާޅުވިއެވެ. شاه مور އެވެ.! އަހަރެންނާއި އަހަރެންގެމުޅި ލަޝްކަރަށް ގޮއްފުޅަތްގެއްގެ އެއްމެ ފަޔަކުން ފުދޭނީ ކޮންބޭނުމެއްހޭ.؟
شاه مور ދެންނެވި އެވެ. نبي الله އެވެ. މިގޮއްފުޅަނގީގެ ފަޔަކީ ކުޑައެއްޗެއްކަމަށް ދެކިވަޑައި ނުގަންނަވާށެވެ. الله ގެ قدرت ތެރި ކަން ދެކިވަޑައިގަންނަވާށެވެ. މީގައި ވަރަށްގިނަ بركات އެކުލެވިގެން ވެއެވެ.
خبر ގައި އައިސްފައި ވެއެވެ. حضرت سليمان عليه السّلام އާއި އަދި އެކަލޭގެފާނުގެ މުޅި ލަޝްކަރުގެ އެންމެންގެ ބަނޑު އެފައިން ފުރުނެވެ. އަދި ކޮންމެވެސް މިންވަރެއް އިތުރުވެސް ވިއެވެ.
މި حادثة އާއި މެދު سليمان ގެފާނު عجائب ފުޅުވި އެވެ. އަދި ސަޖިދައަށް ވަޑައިގެން މާތް الله ގެ حضرت ގައި ދެންނެވިއެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަ الله ގެ قدرة ތެރިކަމުގެ ބޮޑުކަމެވެ. މަތިވެރިވަންތަ ކަމާއި ކުޅަދުން ވަންތަ ކަމަށް لائق ވެގެންވަނީ ހަމަ އިބަ الله އެވެ. އެއީ ނުހަނު ކުޑައެއްޗެއްބޮޑު އެއްޗަކަށް އަދި ބޮޑު އެއްޗެއް ކުޑައެއްޗަކަށް ހެއްދެވުމުގެ ކުޅަދުންވަންތަ ކަންވެސް އިބަ الله އަށް ލިބިވޮޑިގެން ވެއެވެ.