މިއަދު ޕޮޒިޓިވްވީ ދުވިސައްތަ ސައުވީސް މީހުން! މާލޭ ސަރަހައްދުން ޕޮޒިޓިވްވީ ސަތޭކަ ތޭރަމީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
މިއަދު ޕޮޒިޓިވްވީ ދުވިސައްތަ ސައުވީސް މީހުން! މާލޭ ސަރަހައްދުން ޕޮޒިޓިވްވީ ސަތޭކަ ތޭރަމީހުން!

ކޮވިޑް19 އަށް 224 މީހުން މިއަދު ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 113 ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭގެ އިން ހާމަކޮށްފައިވަނީ 224 މީހެކެވެ.

އިއްޔެ މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 246 މީހުންނެވެ. 

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 3734 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 60769 އަށް އަރައިފައެވެ. 1973 މީހުންނަށް މިއަދު ވަނީ ޝިފާ ލިބިފައެވެ.

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 70301 އަށް އަރައިފައެވެ. މި ބައްޔަށް 9326 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 88 މީހުންނަށެވެ.

މި ބަލީގައި މިއަދު 2 މީހުން ނިޔާވެފައިވާއިރު ޖުމްލަ ނިޔާވެފައިވަނީ 197 މީހުންނެވެ.

މިއަދު އޮންލައިން