އެޗްޕީއޭ އާ ސަރުކާރުން ގޯސްހަދާފައި ހުރިނަމަވެސް އަޅާފައިވާ ފިޔަވަޅުތަކަށް ޢަމަލުނުކުރުމުން އެކަމުގެ ގެއްލުން އެމީހަކަށްވެސް ކުރާނެ!: މަބްރޫކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
އެޗްޕީއޭ އާ ސަރުކާރުން ގޯސްހަދާފައި ހުރިނަމަވެސް އަޅާފައިވާ ފިޔަވަޅުތަކަށް ޢަމަލުނުކުރުމުން އެކަމުގެ ގެއްލުން އެމީހަކަށްވެސް ކުރާނެ!: މަބްރޫކް

އެޗްޕީއޭ އާ ސަރުކާރުން ގޯސްހަދާފައި ހުރިނަމަވެސް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢަމަލުނުކުރުމުން އެކަމުގެ ގެއްލުން އެމީހަކަށްވެސް ކުރާނެކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް މަބްރޫކް ވަނީ އެޗްޕީއޭއަށާއި ސަރުކާރަށް ގޯސްތަކެއް ހެދިފައި އެބަހުރިކަން ފާހަގަކުރައްވައިފައެވެ. "ނަމަވެސް އެއިގެ މާނައަކީ އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢަމަލު ނުކުރުމެއް ނޫން. ފިޔަވަޅުތަކަށް ޢަމަލުނުކުރާނަމަ އެމީހަކަށްވެސް އެކަމުގެ ގެއްލުން ކުރާނެ! (ބަލިޖެހުމުގެ ފުރުޞަތު ބޮޑުވާނެ)" 

މަބްރޫކް ވިދާޅުވީ ފިޔަވަޅުތަކާއި ޚިލާފްވެގެން ބައެއް މީހުން ކުރެވިފައިވާ ޖުރުމަނާ މިހާރުވެސް 80،000 ރުފިޔާއަށްވުރެ މަތިވެފައިވާ ކަމަށެވެ. އެހެންކަމުން ސްޓްރެޖީ ބަދަލުކޮށްގެންވެސް ފިޔަވަޅުތަކަށް މީހުން ބޯލަނބާނެ ގޮތްތައް ހޯދަންޖެހިފައިވާކަން ފާހަގަކުރައްވާ ކަމަށެވެ. 

މަބްރޫކް މަޖިލީހުގެ ވާހަކަ ފާހަގަ ނުކުރެއްވި ނަމަވެސް ފެށުނީންސުރެ ރައްޔިތުންގެ މަޖިލިސް ވެފައިވަނީ ކޮވިޑަށް ރައްޔިތުންގެ ސަމާލުކަން ކުޑަކުރުމަށް އެންމެ ބޮޑަށް މަސައްކަތްކުރި އިދާރާއަށްކަން ފާހަގަކުރެވެއެވެ. އަދި އެޗްޕީއޭގެ ވެރިންނަށް ފާޑުކިޔައި މަޖިލީހަށް ހާޒިރުކުރަން އުޅުމުން ކުއްލިއަކަށް ގައިޑްލައިނަށް ގެނެވުނު ބަދަލުތަކަކީ ބަލި އިތުރަށް މުޅި ރާއްޖެއަށް ފެތުރެން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބުކަންވެސް ފާހަގަކުރެވެއެވެ. 

ވެކްސިން ޖެހުމާއި ގުޅޭގޮތުން ހެލްތް މިނިސްޓަރ ކެރަފާ އަޙްމަދު ނަސީމް ޕީއެސްއެމްގައި ދެއްކެވި ވާހަކަފުޅުގެ ސަބަބުން ގައިދުރުކަމެއް ނެތި މަގުތަކުގައި ހަދައިލެވުނު ދިގު ކިޔޫތަކުގެމަތިން ހަނދާންކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެކިޔޫތަކުގައި އެތައް ގަޑިއިރު ތިބެންޖެހުނުކަން އެއީވެސް ނުރައްކަލަށް ހުށަހެޅުނު އެއް ސަބަބެވެ. 

އެޗްޕީއޭއިން ތަކުރާރުކޮށް ބުނަމުން އަންނަނީ އަޅާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ފަށާނީ 2 ހަފްތާފަހުން ކަމަށެވެ. ބަލި ކުއްލިއަކަށް ފެތުރިގެން ދިއައީ އެއިގެ 2 ހަފްތާ ފަހުންކަން ރެކޯޑްތަކުން ދައްކައެވެ.

މިއަދު އޮންލައިން