ސުވަރުގެ އެދޭމީހާ މިކަންކަމަށް އިތުރަށް ވިސްނައިލާށެވެ! އަވަހަށް އިޞްލާޙްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
ސުވަރުގެ އެދޭމީހާ މިކަންކަމަށް އިތުރަށް ވިސްނައިލާށެވެ! އަވަހަށް އިޞްލާޙްވާށެވެ!

މީސްތަކުންނޭވެ! ﷲ ތަޢާލާ އަންގަވާފައިވަނީ މެންދުރު ނަމާދުން ދުވަސް ފަށާކަށް ނޫނެވެ. ފަތިސް ނަމާދުން ދުވަސް ފަށާށެވެ! ކަން މިހެން އޮތްއިރު މެންދުރު ނަމާދުންވެސް ދުވަސް ނުފެށިގެން ޢަޞްރު ނަމާދުން ދުވަސް ފާށާ މީހުން އެބަ އުޅެއެވެ.

ފަތިސް ނަމާދު ނުކުރެވެނީ ނިދައި ނުހޭލެވިގެންނެވެ. މެންދުރު ނަމާދު ނުކުރެވެނީ ބިޒީކޮށް މަސައްކަތްކުރަން ޖެހޭތީއެވެ. ޢަޞްރު ނަމާދުކުރެވޭ ކަމަށް ވަނީ މަޣްރިބް ވަގުތު ކައިރިވުމުން ދެނަމާދު އެކުގައެވެ. ރޭގަނޑުގެ ތާވަލު އޮންނާތީ ޢިޝާ ނަމާދަށް ދެވޭ ކަމަކަށް ނުވެއެވެ. ނަމަވެސް ސުވަރުގެ ވެސް ބޭނުންވެއެވެ. 

މީސްތަކުންނޭވެ! ބަނޫ އިސްރާއީލުގެ އެމީހުންނަށް މަގު އޮޅިގެން ދިއައީ ﷲ ތަޢާލާ ބާވައިލެއްވެވި ފޮތުގައި ﷲ ތަޢާލާ ބަޔާން ކުރައްވަވާފައިވާ ކަންކަން އޮޅުން ނުފިލުވުމުންނެވެ. އެމީހުން އަމިއްލައަށް ސުވަރުގެ ދެވޭނެ ގޮތްތައް ވިސްނުމުންނެވެ. ހިތާމައަކީ މުސްލިމުންގެ ތެރެއިންވެސް ބައަކު ހަމަ އެފދައިން ވިސްނަމުން ގެންދާ ކަމެވެ. 

މިހާރަށް ބަލައިފިނަމަ އެންމެ ގިނަ ބައަކު ނަމާދު ކުރުމާއި އަދި އިސްލާމް ދީނާ ދުރުހެލިވަމުން ދަނީ ތަނަވަސްކަން ލިބުމުންނާއި މަތީ މަޤާމްތައް ލިބުމުންނެވެ. އެފަދަ ކޮންމެ މީހަކީ ގެއްލުމާއި ހަލާކުގެ ތެރޭގައިވާ މީހެއް ކަމާއިމެދު ބިރުވެތިވާށެވެ! އެހެނީ އެމީހުން އިސްލާމް ދިނާއި ދުރުވަމުން އެދަނީ އެމީހުންނަށް ގިނަ ގުނަ ނިޢްމަތްތައް ދެއްވެވުމުންނެވެ.

ބަނޫ އިސްރާއީލުންގެ އެންމެ ގިނަ ބައަކު މަގުފުރެދިގެން ދިއައީ ﷲ ތަޢާލާ ބާވައިލެއްވެވި ފޮތުގައި އޮތް އެއްޗެއް އެމީހުންނަށް ފަހުމް ނުވުމުންނެވެ. ކިޔައި އޮޅުން ނުފިލުވުމުންނެވެ.  އެމީހުންނަށް ޤަބޫލުކުރެވުނީ ކޮންމެ ގޮތަކަށް ދުނިޔޭގައި އުޅުނު ނަމަވެސް އެމީހުންނަށް ސުވަރުގެ ވަދެވޭނެ ކަމަށެވެ. އެކަމުގެ ސަބަބުން އެމީހުން ދިއައީ ދުވަހެއް ދުވަހަކަށް ޖާހިލުވަމުންނެވެ. 

މުސްލިމުންގެ ތެރެއިންވެސް މިއަދު އެފަދަ ކަންކަން މިދަނީ ފެންނަމުންނެވެ. ބައެއް މީހުންނަށް ޤަބޫލު ކުރެވެނީ އެމީހުން މިތިބީ ﷲ ތަޢާލާއަށް އީމާންވެގެން ކަމަށް ދުލުން ބުނެލުމުންނާއި އެމީހުންނަށް ކުރަން ފެންނަ އަޅުކަމެއް އެމީހުންނަށް ކުރެވުނު ވަރަކަށް ކުރުމުން ސުވަރުގެ ވަދެވޭނެ ކަމަށެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތެއް ނޫނެވެ. 

ފުރަތަމަ ކަމަކީ ތިމަންމެން މިތިބީ ﷲ ތަޢާލާއަށް އީމާންވެގެން ކަމަށް ދުލުން ބުނެލުމުން އީމާންކަން ފުރިހަމަ ނުވާކަމެވެ. އެކަމުގެ ހެކި އަމަލުން ދައްކަން ޖެހޭނެ ކަމެވެ. ފުރަތަމަ ކަމެއްގެ ގޮތުން ފަރުޟު 5 ނަމާދު އެންމެ ކުޑަމިނުން އެ ނަމާދުތަކުގެ ވަގުތުގައި އަދާކުރަން ޖެހޭނެ ކަމެވެ. ނަމާދު ބާވައިލެއްވެވީ ކުރަންޖެހޭ ވަގުތުތައް ބަޔާން ކުރެއްވެވުމާއިއެކުގައެވެ. 

ނަމާދު ބާވައިލެއްވެވީ މިޢްރާޖް ދަތުރުފުޅުގައި 7 އުޑު މަތިންނެވެ. ސީދާ ﷲ ތަޢާލާ ރަސޫލް (ޞޢވ) އަށް ބަސްފުޅު ވަހީ ކުރައްވަވައެވެ. ނަމާދުގެ ވަގުތުތައް ރަސޫލް (ޞޢވ)އަށް ދަސްފުޅުކޮށްދެއްވެވީ ޖިބްރީލްގެފާނެވެ. ވީމާ އަދާކުރަން ޖެހޭ ފަރުޟު 5 ނަމާދާއި އެ ނަމާދުތަކުގެ ވަގުތުތައް ބަޔާންކުރެއްވެވިގެން އައިސްފައި މިވަނީ 7 އުޑުމަތިންނެވެ. ވީމާ އެ ވަގުތުތައް އެމީހަކު ބޭނުންވާހައި ގޮތަކަށް ބަދަލުކުރުމުގެ ބާރުވެސް އިޚްތިޔާރުވެސް އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. 

ޚާއްޞަ ޙާލަތެއް މެދުވެރިވެއްޖެ ނަމަ ޢަމަލުކުރަންވީ ގޮތް ރަސޫލް (ޞޢވ) ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ. އެގޮތަށް އަމަލުކުރުމަކީ ކުރިން މިބުނި ގޮތަށް ވަގުތު ބަދަލުކުރުމެއް ނޫނެވެ. ވަގުތު ބަދަލު ކުރުމަކީ އަމިއްލަ ގޮތްތައް ކުރިއަށް ނެރެ ކަންކަން ބަދަލުކުރުމެވެ. އެކަން ކުރުމުގެ އިޚްތިޔާރު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. 

މިއަދު އޮންލައިން