މާލޭ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ 88 މީހުން! ޖުމްލަ ދުވިސައްތަ ސާޅީސް ހަމީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 47ސ
މާލޭ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ 88 މީހުން! ޖުމްލަ ދުވިސައްތަ ސާޅީސް ހަމީހުން!

މާލޭ ސަރަހައްދުން މިއަދު ކޮވިޑް19 އަށް 88 މީހުން ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 88 ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭގެ އިން ހާމަކޮށްފައިވަނީ 246 މީހެކެވެ.

އިއްޔެ މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 295 މީހުންނެވެ. 

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 4788 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 58832 އަށް އަރައިފައެވެ. 

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 70077 އަށް އަރައިފައެވެ. މި ބައްޔަށް 11041 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 97 މީހުންނަށެވެ.

މި ބަލީގައި މިއަދު 3 މީހުން ނިޔާވެފައިވާއިރު ޖުމްލަ ނިޔާވެފައިވަނީ 195 މީހުންނެވެ.

މިއަދު އޮންލައިން