ސަމާލުކަން އިތުރުކުރައްވާ! ކޮވިޑްގަ ޒުވާން އަންހެނަކު ވިހެއުމަށްފަހު ނިޔާވެ އިތުރު މާބަނޑު އަންހެނަކު ވަރަށް ސީރިއަސް ޙާލަތުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ސަމާލުކަން އިތުރުކުރައްވާ! ކޮވިޑްގަ ޒުވާން އަންހެނަކު ވިހެއުމަށްފަހު ނިޔާވެ އިތުރު މާބަނޑު އަންހެނަކު ވަރަށް ސީރިއަސް ޙާލަތުގަ!

ދަރިފުޅު ވިހެއުމަށްފަހު މިއަދު 25 އަހަރުގެ ޒުވާން އަންހެނަކު ދަރުމަވަންތަ ހޮސްޕިޓަލުގައި ނިޔާވެފައިވާ ކަމަށާއި މާބަނޑު އިތުރު އަންހެނަކަށް ވަރަށް ސީރިއަސް ޙާލަތުގައި ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަކަމަށް މައުލޫމާތު ލިބިއްޖެއެވެ. 

މައުލޫމާތު ލިބޭ ގޮތުން މިއަދު ނިޔާވީ ފ. ނިލަންދޫއަށް ނިޞްބަތްވާ އަންހެނެކެވެ. ސީރިޔަސް ޙާލަތުގައި އޮތީ ލ. މާވަށު އަންހެނެކެވެ. 

ކޮވިޑުގެ މިޙާލަތުގައި ގޭގައި ތިބޭ އުމުރުން ދުވަސްވީ މީހުންނަށާއި މާބަނޑު އަންހެނުންނާއި ކުޑަކުދިންގެ ސަލާމަތަށް ފަރުވާތެރިވުމަށް ޑޮކްޓަރުން ގެންދަވަނީ އިލްތިމާސްކުރައްވަމުންނެވެ. ޕީއެސްއެމް އާއި އެކަމުގައި ބައިވެރި މީޑިއާތަކުން ކިތަންމެ ވަރަކަށް ޝިރުކުގެ ގަދަ ބަސް ބުނެ ކޮވިޑް ހުއްޓުވާނީ އަހަރެންކަމަށް އިޝްތިހާރުކުރި ނަމަވެސް ކޮވިޑް ހުއްޓުވޭނެ މީހަކު ނުހުންނާނެއެވެ. ނަމަވެސް ކޮންމެ މީހަކީވެސް އެމީހާގެ ސަބަބުން އެހެން މީހަކަށް ބަލި ނާރާނެ ގޮތަށް ޢަމަލުކުރަން މަސައްކަތްކުރާ މީހަކަށްވެވިދާނެއެވެ.

އެންމެ މުހިންމީ ކޮންމެ މީހަކުވެސް ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި ނަމާދުކުރުމާއި ދުޢާކުރުން ގިނަކުރުންކަން އިއްޔެގެ ޚުޠުބާއިންވެސް އެނގިގެންދެއެވެ.

މިއަދު އޮންލައިން