ދުވިސައްތަ ނުވަދިހަ ފަސްމީހުން ޕޮޒިޓިވްވެ ފަަނަރަސަތޭކަ މީހުން މިއަދު ބަލިން ރަނގަޅުވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 47ސ
ދުވިސައްތަ ނުވަދިހަ ފަސްމީހުން ޕޮޒިޓިވްވެ ފަަނަރަސަތޭކަ މީހުން މިއަދު ބަލިން ރަނގަޅުވެއްޖެ!

މިއަދު ކޮވިޑް19 އަށް 295 މީހުން ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 138 ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭގެ އިން ހާމަކޮށްފައިވަނީ 295 މީހެކެވެ.

އިއްޔެ މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 323 މީހުންނެވެ. 

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 4736 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 56559 އަށް އަރައިފައެވެ. މިއަދު ބަލިން ރަނގަޅުވީ 1504 މީހުންނެވެ.

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 69831 އަށް އަރައިފައެވެ. މި ބައްޔަށް 13071 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 111 މީހުންނަށެވެ.

މި ބަލީގައި މިއަދު އެކަކު ނިޔާވެފައިވާއިރު ޖުމްލަ ނިޔާވެފައިވަނީ 192 މީހުންނެވެ.

މިއަދު އޮންލައިން