މިއަދު 323 މީހުން ޕޮޒިޓިވްވެ ސޯޅަސަތޭކަ ފަސްދޮޅަސް ތިންމީހުން ބަލިން ރަނގަޅުވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
މިއަދު 323 މީހުން ޕޮޒިޓިވްވެ ސޯޅަސަތޭކަ ފަސްދޮޅަސް ތިންމީހުން ބަލިން ރަނގަޅުވެއްޖެ!

މިއަދު ކޮވިޑް19 އަށް 323 މީހުން ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 163 ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭގެ އިން ހާމަކޮށްފައިވަނީ 323 މީހެކެވެ.

އިއްޔެ މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 370 މީހުންނެވެ. 

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 3819 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 55055 އަށް އަރައިފައެވެ. މިއަދު ބަލިން ރަނގަޅުވީ 1163 މީހުންނެވެ.

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 69536 އަށް އަރައިފައެވެ. މި ބައްޔަށް 14281 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 115 މީހުންނަށެވެ.

މި ބަލީގައި ޖުމްލަ ނިޔާވެފައިވަނީ 191 މީހުންނެވެ.

މިއަދު އޮންލައިން