ތިންސަތޭކަ ސާޅީސް އެއްމީހުން ޕޮޒިޓިވްވެ ދެހާހަށްވުރެ ގިނަމީހުން މިއަދު ބަލިންރަނގަޅުވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 47ސ
ތިންސަތޭކަ ސާޅީސް އެއްމީހުން ޕޮޒިޓިވްވެ ދެހާހަށްވުރެ ގިނަމީހުން މިއަދު ބަލިންރަނގަޅުވެއްޖެ!

މިއަދު އަލަށް ކޮވިޑް19 އަށް 341 މީހުން ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 160 ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭގެ އިން ހާމަކޮށްފައިވަނީ 341 މީހެކެވެ.

އިއްޔެ މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 370 މީހުންނެވެ. 

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 5190 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 53392 އަށް އަރައިފައެވެ. މިއަދު ޝިފާލިބިފައިވަނީ 2179 މީހުންނަށެވެ.

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 69213 އަށް އަރައިފައެވެ. މި ބައްޔަށް 15621 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 146 މީހުންނަށެވެ.

މި ބަލީގައި މިއަދު 2 މީހުން ނިޔާވެފައިވާއިރު ޖުމްލަ ނިޔާވެފައިވަނީ 191 މީހުންނެވެ.

މިއަދު އޮންލައިން