ގިނަ ބައަކު އެދެނީ ހިޔާ ފްލެޓްތައް ހަވާލުކުރާ "އަންނަ މަސް" އަންނަންދެން މިނިސްޓަރ އަސްލަމްގެ މުސާރަ ހިފަހައްޓައިދޭން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ގިނަ ބައަކު އެދެނީ ހިޔާ ފްލެޓްތައް ހަވާލުކުރާ "އަންނަ މަސް" އަންނަންދެން މިނިސްޓަރ އަސްލަމްގެ މުސާރަ ހިފަހައްޓައިދޭން!

ހުޅުމާލޭގައި އަޅާފައި ހުރި ހިޔާ ފްލެޓްތައް ޙަވާލުކުރަން ހަމަޖެހިފައިވާ "އަންނަ މަސް" އައިސް ފްލެޓްތައް ޙަވާލުކުރަންދެން ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމްގެ މުސާރަ އާއި އިނާޔަތްތައް ހިފަހައްޓައި ދިނުމަށް ގިނަ ބައަކު ދެނީ އެދެމުންނެވެ. 

މިއަދުނޫހަށް މައުލޫމާތުދިން ގިނަ ބައަކު ބުނީ ފްލެޓްތައް ދޫކުރަން ހަމަޖެހިފައި ވަނީ މިނިސްޓަރު މުންޑު އަންނަ މަސް އައުމުން ކަމުގައިވާނަމަ އެމަސް ނާންނާނެ ކަމަށެވެ. "މިނިސްޓަރަކީ މުންޑު އަންނަވާ ބޭފުޅެއް ނޫން. ތުރުކުރައްވަނީ ފަޓުލޫނު. ވީމާ މުންޑު އަންނަ މަސް އައުމުން ކުރާ ކަމެއް އޮންނާނީ ނުކުރެވި ނޫންތޯ؟" 

ކުރިން ދޫކުރި ފލެޓްތަކާއި ޚިލާފަށް ނުވެސް ނިންމައި ދޫކުރަން ހަމަޖެހިފައިވާ ފްލެޓްތައް ދޫކުރުން ލަސްވާތީ ގިނަ ބައަކު ގެންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ފާޑުކިޔާ ބައެއް މީހުން ބުނަނީ ރައްޔިތުންނަށް ކަމެއް ކޮށްދިނުމުގެ އިޚްލާޞްތެރި ނިޔަތެއް އޮތްނަމަ މިހާރު އެ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާނެތާ ކިތަންމެ ދުވަހެއް ވެއްޖެ ކަމަށެވެ.

މިއަދު އޮންލައިން