އެމްޑީޕީއަށް އިންތިޚާބުތައް ކާމިޔާބުކުރެވެނީ ވަކިމީހެއްގެ މަސައްކަތަކުން ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
އެމްޑީޕީއަށް އިންތިޚާބުތައް ކާމިޔާބުކުރެވެނީ ވަކިމީހެއްގެ މަސައްކަތަކުން ނޫން!

އެމްޑީޕީއަށް މަޖިލިސް އިންތިޚާބާއި އެހެން އިންތިޚާބުތައް ވެސް ކާމިޔާބުކުރެވެނީ ވަކިމީހެއްގެ މަސައްކަތުން ނޫންކަމާއި ވަރަށް ގިނަ ބައެއްގެ މަސައްކަތުންކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފާހަގަކުރައްވައިފިއެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަށް މިހައިތަނަށް ކާމިޔާބުކުރެވުނު އިންތިޚާބުތައް ކާމިޔާބު ކުރެވިފައިވަނީ ވަރަށް ގިނަ ބައެއްގެ ވަރަށް ގިނަ މަސައްކަތުން ކަމަށެވެ. 

"ސަރުކާރާ ރައްޔިތުންގެ މަޖިލިސް ގުޅިގެން ޤައުމު ސަލާމަތްކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންވީ ވަގުތު މިއީ. އެމްޑީޕީއަށް އިންތިޚާބުތައް ކާމިޔާބުކުރެވެނީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން." ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިއަދު އޮންލައިން