"ނަފްރަތު އުފައްދާ ވާހަކަ" ދެއްކުމުގެ ބިލް ފާސްވާނީ ހުރިކަންބޮޑުވުންތައް ޙައްލުކުރެވޭނެ ގޮތަށް!: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
"ނަފްރަތު އުފައްދާ ވާހަކަ" ދެއްކުމުގެ ބިލް ފާސްވާނީ ހުރިކަންބޮޑުވުންތައް ޙައްލުކުރެވޭނެ ގޮތަށް!: ރައީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްތް ހަމަލާ އާއި ގުޅިގެން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ "ނަފްރަތު އުފައްދާ ވާހަކަ" ދެއްކުމުގެ ބިލް ފާސްވާނީ ހުރިކަންބޮޑުވުންތައް ޙައްލުކުރެވޭނެ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

"ޚިޔާލު ފައުޅުކުރަން ހުރަސް އަޅަން ސަރުކާރުން ބޭނުމެއް ނުވޭ! ސަރުކާރުގެ ބޭނުމަކީ އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވާނެ ފަދަ ވާހަކަ ދެއްކުން ހުއްޓުވުން. ބިލަށް ރައްޔިތުންގެ ގިނަ ބައެއްގެ ކަންބޮޑުވުން އެބަހުރި. ކޮމިޓީ މަރުޙަލާގަ އެކަންކަމަށް މަޝްވަރާކުރެވި ފައިދާކުރާނެ ބިލެއްގެ ގޮތުގަ ފާސްވެގެން އަންނާނެ!" 

ރައީސް ޞާލިޙް މިފަދަ ބަސްފުޅެއް ވިދާޅުވިއިރު ބިލުގައި ހުރި ޤާނޫނުތަކާއި ޚިލާފްވާ، އަދި ރާއްޖޭގައި ފާސްކޮށްގެން ނުވާނެ ކަންކަން ފާހަގަކޮށް ސަރުކާރު ކޯލިޝަނާއި ދީނީ ޢިލްމުވެރިންގެ ގިނަ ބޭފުޅުންނާއި އަދި ގިނަ ޢަދަދެއްގެ ރައްޔިތުން ގެންދަނީ ކަންބޮޑުވުން ފައުލުކުރަމުންނެވެ.

މިއަދު އޮންލައިން