حضرت سليمان ހުރިހާ مخلوق ން ނަށް دعوت ދެއްވުން
وحب بن منبَّه ގެ ކިބައިން رواى ވެގެން ވެއެވެ سليمان عليه السّلام އަށް مشرقން ފެށިގެން مغرب އަށް މުޅި ދުނިޔޭގެ ވެރިކަން ލިބިވަޑައިގެންނެވުމުން އެކަލޭގެފާނު މާތް الله ގެ حضرت ގައި ދެންނެވިއެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ އަޅުގެ أمّيد އެއް ވެއެވެ. އެއީ މުޅިދުނިޔޭގައިވާ ހުރިހާ ބާވަތެއްގެ مخلوق ން ނަށް އެއްދުވަހު دعوت އެއް ދިނުމެވެ. الله تعالى އެންގެވިއެވެ. سليمانގެ ފާނެވެ. ހުރިހާ مخلوقން ތިމަން الله ފުރިހަމަ އަށް رزق ދެއްވަ ވަމެވެ. އެހުރިހާ مخلوق ން ނަށް އެންމެ ވަގުތަކުވެސް ކާން ދެއްވުމަކަށް ކަލޭގެފާނަށް ކުޅަދާނަ ވެގެންނެއް ނުވެއެވެ.
سليمان عليه السّلام ދެންނެވިއެވެ. الله އެވެ. އިބަ الله މިއަޅާއަށް ވަރަށް ބޮޑެތި نعة ތައް ދެއްވީމުއެވެ. އިބަ الله ގެ عناية ން ހުރިހާ ކަމެއްވެސް ވެދެއެވެ. އިބަ الله ރުހިވޮޑިގެން ވާކަމަކަށް ވާނަމަ މިއަޅާ ހުރިހާ مخلوق ންގެ ކާނާ ތައްޔާރު ކުރާނަމެވެ. ދެން الله تعالى އެކަލޭގެފާނަށް މި حكم ދެއްވައިފި އެވެ.
ދެން سليمان عليه السّلام ދެޔޯއިން ނަށް އަންގަވައިގެން ކަނޑުގެ އައްސޭރީގައިވާ ވަރަށް ބޮޑު ތަނަވަސް ميدان އެއް ސާފުކުރައްވައި دعوتގެ ކަންތައް ތައްޔާރުކުރައްވަން ފައްޓަވައިފި އެވެ. އެކަމަކު މިމަސައްކަތަށް އަށްމަސް ދުވަސް ނެގިއެވެ. مشرق ން ފެށިގެން مغرب އަށް ދުނިޔޭގެ ހުރިހާ ތާކުން އެ ميدان އަށް ކާބޯތަކެތީގެ ބާވަތް ތައް جمع ކުރެވުނެވެ. އެތަކެއްލައްކަ ބޮޑަތި ތެއްޔާއި ތަށި ދެޔޯއިން ލައްވާ މި دعوت އަށް ތައްޔާރު ކުރެވުނެވެ. މިވާހަކަ قصص الأنبياء ގައި ލިޔުއްވާފައި ވެއެވެ.
الله تعالى މި آية ގައި وحى ކުރައްވާފައި ވަނީ يَعْلَمُوْنَ لَهُ مَا يَشَاءُ مِنْ مَحَارِيْبَ وَتَمَاثِيْلَ وَجِفَانٍ كَاالْجَوَابِ وَقُدُورٍرَّاسِيَاتِ طر (سورة سبإ 13) ފަހެ އެޖިންނީންތައް سليمان ގެފާނު އެދިވަޑައިގެންފި ނަމަ އެއެދިވަޑައިގެންނެވި ފަދައަކުން (އެކަލޭގެފާނަށްޓަކައި) ބޮޑެތި ކިއްލާ ތަކާއި تصوير ތަކާއި އެއްތަނެއްގައި ސާބިތުވެ ހުންނަނިވި ބޮޑަތި ތެލިތައް ފަދަ އެއްޗެތި ހަދާއުޅެތެވެ.
މިބުނެވެނީ މި دعوت އަށްޓަކައި ބާވީސްހާސް ގެރި ކަތިލެވުނު ކަމުގައެވެ. دعوت ގައި ބޭނުންކުރެވޭނެ އެހެން ތަކެއްޗާމެދު خيال ކޮށްލުން ބޭނުމެވެ.
جَامِعَ التّوَايخ ގައި ލިޔުއްވާފައި ވެއެވެ. ކާބޯތަކެތި ތައްޔާރުވުމާއެކު ޖިންނީންނާއި އިންސީންނާއި وَحْشِى حَيَوَان ން ނާއި ހުރިހާ ބާވަތެއްގެ مخلوق ން އެތަނަވަސް ميدان އަށް جمع ވާން ފަށައިފި އެވެ. އެދުވަހު سليمان عليه السّلام تخت ގައި އިށީދެވަޑައިގެން ވަޔަށް حكم ކުރެއްވީ ކަނޑުގެ ފެންގަޑުގެ ތަންކޮޅެއް މަތީގައި އެއްހިސާބެއްގައި އޮބެހެއްޓުމެވެ. އެއީ މީސްތަކުން ނަށް އެކަލޭގެފާނު ފަސޭހަ އިން ފެންނާނޭ ގޮތުންނެވެ. އެވަގުތު ކަނޑުން މަހެއް ހިއްކާލައިފިއެވެ. އަދި އޭތި سليمان عليه السّلام ގެ އަރިހަށް އައިސް ދެންނެވިއެވެ. سليمان عليه السّلام އެވެ. ކަލޭގެފާނު ހުރިހާ مخلوق ން ނަށް ކާބޯތަކެތި ތައްޔާރު ކުރައްވާފައި ވާތީ މާތް الله އަޅުގަނޑު މިތަނަށް ފޮނުއްވީއެވެ. އަޅުގަނޑުވަނީ ވަރަށް ބޮޑަށް ބަނޑުހައިގެންފައެވެ. މިހެންވެ އެންމެ ފުރަތަމަ އަޅުގަނޑަށް ކާންދެއްވާށެވެ.
سليمان عليه السّلام ވިދާޅުވިއެވެ. ހުރިހާ مخلوق ން حاضر ވަންދެން އިހަށް ކެތްކުރާށެވެ. އެއެންމެންގެ މަޖްލިސްގައި ކަލެއަށް ކެވޭވަރަކަށް ކާށެވެ. އަދިބަނޑު ފުރާލައިގެން ދާށެވެ. މަސްދެންނެވިއެވެ. "އެމީހުންގެ إنتظار ގައި އެހުރިހާ އިރެއް ވަންދެން އަޅުގަނޑަކަށް ނުހުރެވޭނެ އެވެ."
حضر سليمان عليه السّلام ވިދާޅުވިއެވެ. ނުރުހުންވަނީ ވިއްޔާ މިއެއްޗެތީގެ ތެރެއިން ކަލޭ ބޭނުންވަރަކަށް ކާށެވެ.
އެވަގުތު އެ ميدان ގައިވާ ހުރިހާ ކާބޯތަކެއްޗެއް ސުވަލަކަށް ހަދާފައި އެމަސް ކާލައިފި އެވެ. އަދި އިތުރަށް އެދެން ފަށައިފިއެވެ." އޭ! سليمان عليه السّلام އެވެ. އަޅުގަނޑު އަދި އިތުރަށް ކާންބޭނުންވެއެވެ."
سليمان ގެފާނު އެމަހުގެ ކަންތަކާ ދޭތެރޭ ވަރަށް ބޮޑަށް عجائب ފުޅުވެއްޖެއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. މަހާއެވެ. އެހުރިހާ އެއްޗެއް ކާލައި ހުސްކޮށްލައިފީމެވެ. އެއިން ކަލެއަށް ކުޑަވެސް އެނގުމެއް ނުވިއެވެ. އަދިވެސް އިތުރަށް ކާބޯތަކެއްޗަށް ތިޔައެދެނީއެވެ.
މަސް ދެންނެވިއެވެ. نبي الله އެވެ. ކޮންމެ ދުވަހަކު އަޅުގަނޑަށް ތިޔަވަރުގެ ތިންސުވާ ކާތަކެތި ބޭނުންވެއެވެ. ކަލޭގެފާނު ތައްޔާރުކުރެއްވި ކާބޯތަކެތިންވީ އެންމެ ސުވަލެކެވެ. އަދި އަޅުގަޑަށް އެމިންވަރުގެ ދެސުވާކާތަކެތި ބޭނުންވެއެވެ. ބަނޑުބޮޑުވާނީ އޭރުންނެވެ. މިއަދު ކަލޭގެފާނުގެ މެހުމާނެއްގެ ގޮތުގައި އަޅުގަނޑު ބަނޑުހައިވެފައި ހުންނަން ޖެހިއްޖެއްޔާ އަދި އަޅުގަނޑަށް ބަނޑުފުރާ ކާންނުދެވެނީ ވިއްޔާ ކަލޭގެފާނަކީ (مخلوق ންނަށް دعوت ދީގެން) حقّ އަކާނުލައި އުނދަގޫ ކުރައްވާ ބޭކަލަކަށް ވާނެއެވެ. حضر سليمان عليه السّلام މިމަހުގެ ވާހަކަ އަޑުއައްސަވާ ނުހަނު ބޮޑަށް حيران ފުޅު ވެއްޖެއެވެ. އަދި ހޭފުޅުނެތިއްޖެއެވެ. އަދި ހޭފުޅުނެތިއްޖެއެވެ. ކުޑައިރުކޮޅަކުން ހޭފުޅު އަރައިގެން سجد އަށް ތިރިވެ ވަޑައިގެން މާތް الله ގެ حضرت ގައި مناجات ދަންނަވާން ފެށިއެވެ. އަދި ކީރިތިކުރައްވަމުން ދެންނެވިއެވެ. إلهي! މިއަޅާ އަށްނޭގިގެންވާ حال ގައި ކުށެއްކޮށްފީމެވެ. އަޅު އެކުށަށް އިބަ الله ގެ حضرت ގައި توبة ވެއްޖައީމެވެ. މިއަޅާ އާއި އަދި ހުރިހާ مخلوق ންނަށް رزق ދެއްވާ ފަރާތަކީ ޚުދު އިބަ الله އެވެ. މިއަޅާ އަކީ ނުވިސްނޭ مسكين އަކީމެވެ. ދެނެވޮޑިގެންވާ ކުޅަދުން ވަންތަ ފަރާތަކީ އިބަސުވާމީގެއެވެ.
ބައެއް علم ވެރިންގެ ބަހުގައި ވަނީ އެދުވަހު މާތް الله ކަނޑު حيوان އެއް ފޮނުއްވީ ކަމުގައެވެ. އަދި އޭތީގެ އެންމެ ކޯވަރަކުން އެހުރިހާ ކާބޯތަކެއްޗެއް ކާލީ ކަމުގައެވެ. والله اَعلم بِالصّواب
--އަދި ނުނިމޭ