އެއަރ ކޮންޑިޝަނާއި ރެފްރިޖަރޭޓާރ ޓެކްނީޝަނުން ނަށް ލައިސަންސް ތައްޔާރުކުރުމަށް އެފް.ޖޭ.އެސް އާއި ހަވާލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
އެއަރ ކޮންޑިޝަނާއި ރެފްރިޖަރޭޓާރ ޓެކްނީޝަނުން ނަށް ލައިސަންސް ތައްޔާރުކުރުމަށް އެފް.ޖޭ.އެސް އާއި ހަވާލުކޮށްފި

ތިމާވެއްޓާއި ރައްޓެހި އުސޫލުން ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ސަރވިސް ކުރުމުގައި ހަރަކާތްތެރިވާ ޓެކްނީޝަނުންނަށް ބޭނުންވާ ސެޓިފިކޭޝަން އަދި ލައިސަންސިންގ ސިސްޓަމ ތައްޔާރުކުރުމަށްޓަކައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި އެފް.ޖޭ.އެސް އާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާމިނަރު ޝައުނާއެވެ. އަދި އެފް.ޖޭ.އެސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑައިރެކްޓަރ އަލްފާޟިލާ ފަރީހާ ޝަރީފްއެވެ.

މިއެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުންދާ ރެފްރިޖަރޭޝަން އަދި އެއަރކޮންޑިޝަނިންގ ސަރވިސިންގ ޓެކްނީޝަނުންނަކީ މަސައްކަތުގެ ފަންނީ ހުނަރާއި ޢިލްމު ލިބިފައިވާ ބައެއްކަމުގައި ހެދުމަށްޓަކައި، ސެޓިފިކޭޝަން އަދި ލައިސަންސިންގ ސިސްޓަމްއެއް ތައްޔާރު ކުރެވިގެން ދާނެއެވެ. އަދި މިދާއިރާގައި މަސައްކަތް ކުރާ ސަރވިސިންގ ޓެކްނީޝަނުންނަކީ ލައިސަންސް ލިބިފައިވާ ބައެއް ކަމުގައި ކުރިޔަށް އޮތްތަނުގައި ވެގެން ދާނެއެވެ.

ޖައްވު ހޫނުވުމަށް މެދުވެރިވާ ވިހަ ގޭސްތައް މަދުކުރުމަށް ކުރެވިދާނެ އެންމެ މުހިންމު އެއް ކަމަކީ، އެފަދަ ގޭސްތައް ބޭނުން ކުރާ އާލާތްތައް ބަރާބަރަށް މަރާމާތުކޮށް ސާރވިސް ކުރުމެވެ. އަދި އެފަދަ އާލާތްތައް މަރާމާތުކުރާ ފަރާތްތަކުގެ ޤާބިލުކަން އިތުރަށް ހަރުދަނާކޮށް، އެ ފަރާތްތަކަކީ ތިމާވެއްޓާއި ރަށްޓެހި ޓެކްނޮލޮޖީތަކަށް އަހުލުވެރި ބަޔަކަށްވުމަކީ، މިފަދަ ވިހަ ގޭސްތައް މަދުކުރުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން