ސުލައިމާންގެފާނުގެ ސިޔަރަތު: ސުލައިމާނުގެފާނުގެ އަނގޮޓިފުޅު‍‍- 1

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 45ސ
ސުލައިމާންގެފާނުގެ ސިޔަރަތު: ސުލައިމާނުގެފާނުގެ އަނގޮޓިފުޅު‍‍- 1

سليمان بن داؤود عليه السّلام ގެ މައިކަނބަލަކީ بطشا بنت حنّا  އެވެ. بطشا އަކީ أوريا ގެ އަނބިކަބަލުންނެވެ. أوريا ހަނގުރާމައިގާ شهيد ވުމަށްފަހު داؤود عليه السّلام އެކަމަނާއާއި ކައިވެނި ކުރެއްވީ އެވެ. سليمان عليه السّلام ރައްކާވީ އެކަމަނާގެ ބަނޑުފުޅުންނެވެ. މިއީ جامع التراويخ އާއި قصص الأنبياء ގައި ބަޔާން ވެގެންވާ ގޮތެވެ.

سليمان عليه السّلام ރަސްކަމުގެ އަނގޮޓިފުޅު އިނގިލި ފުޅުގައި ތުރުކުރައްވައިގެން ވެރިކަމުގެ تخت ގައި (އެކަލޭގެފާނުގެ ބައްޕާފުޅުގެ مقام ގައި) އިށީނދެ ވަޑައިގެންނެވިއެވެ.

الله تعالى وحى ކުރައްވާފައި ވެއެވެ. وَوَرِثَ سُلَيْمِانُ دَاوُودَ وَقَالَ يَا اَيُّهَا النّاسُ عَلِّمْنَا، إتخ (سُورة النَّمل 17)  އަދި سليمان ގެ ފާނު داؤود ގެފާނާއި ވާރުތަވެ ވަޑައިގެންނެވިއެވެ. (نبى ކަމާއި ރަސްކަން) އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ! މީސްތަކުންނޭވެ! ތިމަން ބޭކަލުންނަށް ދޫނިސޫފާ ސޫފީގެ ބަހުރުވަ ވިސްނުމުގެ علم ލިބިފައި ވެއެވެ. އަދި ތިމަން ބޭކަލުންނަށް ހުރިހާ ބާވަތެއްގެ ތަކެއްޗެއްވެސް ޙާޞިލް ވެފައިވޭމެވެ. ޝައްކެއްނެތެވެ. މިއީ ފާޅުވެގެންވާ الله ގެ فضل ވަންތަ ކަމެވެ. سليمان ގެ ފާނު ލަޝްކަރު އެއްވާހިނދުގައި ހުރިހާ ވައްތަރެއް އެލަޝްކަރުގައި ވެއެވެ. އޭގެތެރޭގައި އިންސީންނާއި ޖިންނީން ދެއޯއިންނާއި ޕަރީން އަދި ދޫނިސޫފާ ސޫފިތައްވެސް ހިމެނިގެން ވެއެވެ. سليمان عليه السّلام ގެ އެންމެ އަރިހުގައި ތިބެނީ إنسان ން ނެވެ. އެއާއި ޖެހިގެން ޖިންނީންނެވެ. ދެން ޕަރީންނެވެ. ފަހަތުގައި ހުރިހާ ދެއޯ އިންނެވެ. ދެން ދޫނި ސޫފާސޫތްޕެވެ. މިދޫނިތައް ވަނީ އެކަލޭގެފާނުގެ އިސްތަށިފުޅާއި ދިމާ މަތީގައެވެ. ހޫނުމޫސުމުގައި ލަޝްކަރު ތަކާއިގެން تخت ގައި ދަތުރުފުޅު ކުރައްވާއިރު މިދޫނިތަކުގެ ފިޔަތައްވަނީ ހިޔާ ވައްސެއްކަމުގައެވެ. سليمان عليه السّلامގެ މުޅި ލަޝްކަރު އެކަލޭގެފާނުގެ تخت ގައި ދަތުރު ކުރެއެވެ. ވައި އެ تخت އައިގެން އެއްތަނުން އަނެއްތަނަށް ދެއެވެ. 

މާތް الله وحى ކުރައްވާފައި ވެއެވެ. وَحُشِرَ لِسُلَيْمَانَ جُنُودُهُ مِنَ الْجِنِّ وَلإنْسِ وَالطَّيْرِ فَهُمْ يُوْزَعُوْن (سُوْرَة الّنمل17)  އަދި سليمان ގެ ފާނަށްޓަކައި އެކަލޭގެފާނުންގެ އަރިހަށް ޖިންނީންނާއި، އިންސީންނާއި، އަދި ދޫނިސޫފާސޫފީގެ ލަޝްކަރުތައް އެއްކުރެއްވުނެވެ. ދެން އެމީހުން ބައިބަޔަށް ބެހެއެވެ. ތަފްސީރުގައި ލިޔުއްވާފައިވެއެވެ. މާތް الله سليمان ގެ ފާނަށް ވައި ކިޔަމަންތެރި ކޮށްދެއްވެވިއެވެ. އާދައިގެ ސަވާރީތަކުގައި މަހެއްހާދުވަހު ދަތުރުކޮށްގެން ނޫނީ ނުދެވޭހާއި ދުރު ތަންތަނަށް އެކަލޭގެފާނުގެ ލަޝްކަރާއި ގެން ވައިގެ މަދަދުގައި ހެނދުނު އެތައް ދުރުމިނަކަށް ހަވީރުވެސް ހަމަ އެހާ ދުރުމިން (މަސްދުވަހު ދަތުރުކޮށްގެންނޫނީ ކަޑަތު ނުކުރެވޭ) އެކަލޭގެފާނު ލަޝްކަރައިގެން ކަޑަތުކުރައްވާ އުޅުއްވިއެވެ. يعنى ހެނދުނުގެ ވަގުތު ކަމުގައިވިޔަސް ނުވަތަ ހަވީރުގެ ވަގުތު ކަމުގައި ވިޔަސް ހަމަ އެހިނދު އެކަލޭގެފާނު އެދިވަޑައިގެންނެވި ތަނަކަށް ފޯރުކުރައްވަތެވެ. މިސާލަކަށް ހެނދުނު ފަތިހު އެކަލޭގެފާނާއި އެކަލޭގެފާނުގެ ލަޝްކަރާއި އަދި ބޭނުންތެރި ސާމާނާ އެކު تخت ގައި ދިމިޝްގުން ފުރާވަޑައިގެންފި ނަމަ ހަމަ އެވަޤުތު إصطنحر އާއި ހަމަޔަށް ފޯރައެވެ. ހަމަ އެފަދައިން އެތަނުން ހަވީރު އެ ތަޚުތު އުދުހިގެންފިނަމަ ކުޑަ ހިދުކޮޅެއްގެތެރޭ ތަޚުތު އޮންނާނީ كابل  އާއި ހަމަޔަށް ފޯރުކޮށްފައެވެ. ނިސްބަތުން ބަލާއިރު ނުހަނު ހަރުކޮށްދުވާ ސަވާރީތަކުގައި ވެސް މިދުރުމިން ކަޑައްތުކުރެވޭނީ އެއްމަސް ދުވަހުންނެވެ. الله سبحانه وتعالى މިފަދައިން وحى ކުރައްވާފައި ވެއެވެ. وَلِسُلَيْمَانَ الرِّيْحَ غُدُوُّهَا شَهْرٌ وَرَوَاحُحَا شَهُرٌ (سورة سبإ 13)  އަދި ތިމަން الله سليمان ގެ ފާނަށްޓަކައި ވައި ކިޔަމަންކޮށް ދެއްވީމެވެ. އޭގެ ހެނދުނު ދަތުރު އެއްމަސް ދުވަހުގެ مَسَافَة ހައި ވެއެވެ. ހަވީރުގެ ދަތުރުވެސް މަސްދުވަހުގެ ދަތުރުހައި ވޭމެއެވެ. އެކަލޭގެފާނަށްޓަކައި ލޯ معدن ތައް އޮހޮރުއްވައި ލެއްވީމެވެ. އަދި އެކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި الله ގެ އަމުރުފުޅަށް އެކަލޭގެފާނު ކުރިފުޅުމަތީގައި މަސައްކަތްކުރާ ޖިންނީންގެ ބަޔަކު ވޭމެއެވެ. تفسيرގައި ލިޔުއްވާފައި ވެއެވެ. سليمان عليه السّلام އަށްޓަކައި މާތް الله ބިމުގެ އަޑީގައިވާ ލޯގެ حزانة ތައް ފެންފަދައިން ދިޔާކޮށް ދެއްވިއެވެ. އެއީ އެކަލޭގެފާނު އެއިން ހައްދަވައި އެއްޗެތި ހެއްދެވުމުގައި ފަސޭހަ ފުޅު ވުމަށްޓަކައެވެ. ދެން ޖިންނީންގެ މީސްތަކުން ބޮޑަތި ތައްޓާއި އަދި (އުނދުންމަތިން ބާލާ ނޫޅެވޭވަރުގެ) ބޮޑެތި ކައްކާތެލި އަދި މިނޫންވެސް ތަކެތި سليمان ގެފާނަށް ހަދައިދީ އުޅުނެވެ. 

الله تعالى މިފަދައިން وحى ކުރައްވާފައިވެއެވެ. فَسَخَّرْنَا لَهُ الرِّيْحَ تَجْرِي بِأَمْرِهِ رُخَاءً حَيْثُ اَصَابَ () (سورة صاد 36) يعنى ހިނގަހިނގާ ހުންނަ ވައި އެކަލޭގެފާނަށް ތިމަން الله ކިޔަމަންތެރިކުރުވީމެވެ. ދެން އެކަލޭގެފާނު އެދިވަޑައިގެންނެވި ތާކަށް (حكم ކުރެއްވުމާއެކު) މަޑުމައިތިރިކަމާއި އެކު ގެންގޮސްދެއެވެ. ބުނެވެއެވެ. އެތަނެއްގައި މުދާވަޅުލެވިފައިވާ ބިމަކަށް އެކަލޭގެފާނު ވަޑައިގެންނެވިނަމަވެސް އެތަނަކުން ގޮވައިލެވޭއަޑު އިވެއެވެ. سليمان عليه السّلام އެވެ. މިބިމުގައި ވަރަށްގިނަ މުދާ ވަޅުލެވިފައި ވެއެވެ. އެތަކެތި ނަންގަވާށެވެ. އަދި އެކަލޭގެފާނު ބޭނުންފުޅު ހިތްޕަވާށެވެ. ދެން އެކަލޭގެފާނު ދެޔޯއިންނަށް އަންގަވައިގެން ބިމުގެ خزانة ތަކާއި، އަދި ކަނޑުތަކުގެ އަޑީގައިވާ މުތީއާއި، ޖަވާހިރުތައް ނަންގަވައެވެ. އެކަލޭގެފާނަށް تبع ކުރައްވާފައިވާ شيطان ންގެ ތެރެއިން އެއްބަޔަކީ عمارات ކުރާ މީހުންނެވެ. އަނެއްބަޔަކީ ފީނުމަށް ކުޅަދާނަ ބައެކެވެ. 

الله سبحانه وتعالى وحى ކުރައްވާފައި ވެއެވެ. وَالشَّيَا طِيْنَ كُلَّ بَنَّاءٍ وَغَوَّاصٍ () (سوره ص 37) 

ބުނެވެއެވެ. ދުނިޔޭގެ ކޮންމެތަނެއްގައި އުޅޭ އިންސާނަކަށް ޖިންނިއަކު އުނދަގޫކުރި ނަމަވެސް سليمان عليه السّلام އެޖިންނިއެއް ހައްޔަރު ކުރައްވައެވެ. ނުވަތަ ބަންދު ކުރައްވާފައި ކަނޑުފައްތަވަ އެވެ. ނުވަތަ ބިމުގައި ވަޅުލައްވައެވެ. އަދި ކިއެއްތަ ބައެއް ދެޔޯއިން މިއަދާއި ހަމައަށްވެސް ވަނީ ބަންދުވެފައެވެ. سليمان ގެފާނު تخت ގައި އިށީނދެ ވަޑައިގެން ދުނިޔޭގައިވާ ހުރިހާ ބާވަތެއްގެ مخلوق ންނަށް حكم  ކުރައްވައެވެ. އަދި ހުރިހާ مخلوقންގެ ބަސް އެކަލޭގެފާނު ދެނެވަޑައިގަންނަވައެވެ. އަދި އެކަލޭގެފާނުގެ نعمة خانة ގައިވާ މޮޅު ކާބޯތަކެތީގެ ތެރެއިން އެއްވެސް އެއްޗެއް އެކަލޭގެފާނު ފަރީއެއް ނުކުޅުއްވައެވެ. އަދި ކީއްހޭ މާތް الله ގެ حكم ފުޅަށް އެކަލޭގެފާނުންގެ އަތްޕުޅުން ފުށް މުގުރުއްވައިގެން އެއިން ރޮށި ފިއްސަވާ އެހިތްޕަވައިގެން ކޮންމެ ދުވަހެއްގެ އިރުއޮއްސޭއިރު بيت المقدس އަށް ވަޑައިގެން ރޯދަ ހިފައިގެން ތިބޭ فقير مسكين ން ނާއި އެއް مجلس ގައި ފަރިއްކުޅުއްވަނީ އެރޮއްޓެވެ. އަދި މާތް ﷲ އެކަލޭގެފާނަށް ދެއްވި ނިޢުމަތްތަކަށް ޝުކުރު ދަންނަވައެވެ. އަދި ﷲގެ حضرت ގައިދަންނަވައެވެ. " އަޅުގެ إله އެވެ. މިއަޅާ އަކީ فقير ންގެ ތެރޭ شامل ވެފައިވާ ހިނދު فقير އަކީމެވެ. ރަސްކަލުންނާއެކު ރަސްކަލަކީމެވެ. އަދި ނަބީބޭކަލުންގެ ތެރޭގައި ނަބީއަކީމެވެ. އިބަ ﷲ މިއަޅާއަށް ދެއްވާފައިވާ ނިޢުމަތް ތަކަށް ޝުކުރުއަދާކުރާނީ ކޮންފަދަ އަކުންތޯއެވެ. 

(މިއީ އަލްއަޚް މުޙައްމަދު މޫސާފުޅު، ތަރުޖަމާކުރައްވާފައިވާ " سُلَيْمَان عَلَيْهِ السَّلام  ގެ އަނގޮޓިފުޅު" ފޮތުން އެއިގެ އަޞްލާއި އެއްގޮތަށްވާ ލިޔެފައިވާ ލިޔުމެކެވެ. ފޮތް ޗާޕްކޮށްފައިވަނީ މަނަދޫ ޢަބްދުއްސައްތާރު ހިންގެވި "ސަންލައިޓް ޕްރެސް" އިންނެވެ. ފޮތުގެ އެހެން ބައިތައްވެސް މިއަދުނޫހުގެ އަހުލުވެރިންނަށް ގެނެސްދޭނަމެވެ. އިން ޝާ ﷲ)

މިއަދު އޮންލައިން