މަސައްކަތްކުރަމުން މިދަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ވިހި އިންސައްތަ ހިމާޔަތްކުރުމަށް: މިނިސްޓަރ ޝައުނާ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
މަސައްކަތްކުރަމުން މިދަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ވިހި އިންސައްތަ ހިމާޔަތްކުރުމަށް: މިނިސްޓަރ ޝައުނާ

މަސައްކަތްކުރަމުން މިދަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ވިހި އިންސައްތަ ހިމާޔަތްކުރުމަށް އެންވައިރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން މިނިސްޓަރު ޝައުނާ ދެއްވި ހިތޯބުގައި ވިދާޅުވީ ރާއްޖޭގެ ތިމާވެއްޓާއި ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމުގެގޮތުން، 2030 އާއި ހަމަޔަށް އެންމެ ކުޑަވެގެން ދިވެހިރާއްޖޭގެ ކަނޑާއި، ކަނޑާއިގުޅިފައިވާ ސަރަހައްދުތަކުގެ 20 އިންސައްތަ ހިމާޔަތްކުރުމަށް މިދަނީ މަސައްކަތްކުރަމުން ކަމަށާއި މިގޮތުން، ދިވެހިރާއްޖޭގައި މިހާރުވެސް 73 ސަރަހައްދެއް ހިމާޔަތްކޮށްފައިވާއިރު، ހައްދުންމައްޗާއި، އަރިއަތޮޅު އަދި މާޅޮސްމަޑުލު ދެކުނުބުރީގެ އިތުރު ސަރަހައްދުތައް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި، ދުނިޔޭގެ ކަނޑާއި، ކަނޑާއިގުޅިފައިވާ ސަރަހައްދުތަކުގެ 30 އިންސައްތަ ހިމާޔަތްކުރުމަށް ބައިނަލްއަޤުވާމީ މައިދާނުގައި، ދަނީ ވަކާލާތުކުރަމުން ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ. 

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ "މާހައުލީ ނިޒާމުތައް އިޔާދަކުރުމެވެ." މި ޝިއާރުގެ ދަށުން، ދުނިޔޭގެ މާހައުލީ ނިޒާމު ކުރިން އޮތް ގޮތަށް ރުޖޫއަކުރުމަށް މަސައްކަތް ކުރާނެ އެވެ. އެގޮތުން ކުރިއަށްއޮތް 10 އަހަރަކީ އދ ގެ މާހައުލީ ނިޒާމުތައް އިޔާދަކުރުމުގެ 10 އަހަރުގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ، ތިމާވެށި ހިމާޔަތްކުރުމާއި ތަރައްގީގެ ތިލަފަތް ހަމަކުރުން. އަޅުގަނޑުމެންގެ ތަސައްވުރަކީ، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަށް ތަހައްމަލު ކުރެވޭފަދަ، ފެންވަރު ހުރި އުމްރާނީ ތަރައްގީ ރާއްޖެއަށް ގެނައުން. މިކަންކުރުމަށް، މިއަށްވުރެ ރަނގަޅު ދަނޑިވަޅެއް ނާންނާނެ" މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.

މިއަދު އޮންލައިން