ކޮވިޑް ބައްޔަށް ޓެސްޓްކުރެވުނު ސާމްޕަލްތަކުގެ ޢަދަދަށްބަލާއިރު މިއަދުނަތީޖާއަކީ ބޮޑުތަނުން ރަނގަޅު ނަތީޖާއެކެވެ. އަލްޙަމްދުލިﷲ
ކުރީ ދުވަހު 3832 ސާމްޕަލް ޓެސްޓްކުރުމުން 648 މީހުން ޕޮޒިޓިވްވެފައިވާއިރު މިއަދު 4056 ސާމްޕަލް ޓެސްޓްކުރުމުން ޕޮޒިޓިވްވެފައިވަނީ 432 މީހުންނެވެ. މާލެ ސިޓީން އިއްޔެ 349 މީހުން ޕޮޒިޓިވްވެފައިވާއިރު މިއަދު ޕޮޒިޓިވްވެފައިވަނީ 249 މީހުންނެވެ.
ސަބަބުތަކުގައި ހިފަހައްޓާށެވެ! ނަމާދުކޮށް ދުޢާކުރުން ގިނަކުރާށެވެ! ނަމާދުކޮށް ދުޢާކުރުމުގައި ސާބިތުވުމަކީ ﷲ ތަޢާލާގެ ރަޙްމަތް އިތުރުކުރައްވަވާނެ ސބަބެވެ! އިސްލާމިކް މިނިސްޓްރީން ގެންދަވަނީ މިކަންކަމަށް އިލްތިމާސްކުރައްވަމުންނެވެ.
މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 45730 އަށް އަރައިފައެވެ.
މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 66948 އަށް އަރައިފައެވެ. މި ބައްޔަށް 21032 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 213 މީހުންނަށެވެ.
މި ބަލީގައި މިއަދު 4މީހުން ނިޔާވެފައިވާއިރު ޖުމްލަ ނިޔާވެފައިވަނީ 177 މީހުންނެވެ.