މާލޭ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގެ ކުއްޔާއި ފައްތިޔާ ތަކުގެ ކުލި މާލޭ ސިޓީ ކައުންސިލުން ކުޑަކޮށްދީފިއެވެ.
މިކަމާގުޅިގެން މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގެ ކުލި އަދި ފައްތިޔާތަކުގެ ކުލި ކުޑަކުރި ކަމުގެ ލިޔުންތައް މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.
މާލޭ މޭޔަރ ކަމުގެ މަގާމާ ޑރ. މުއިއްޒު ހަވާލުވުމަށްފަހު ވަނީ ޓެކްސީ ޕާކިންޒޯނު ތަކުގެ ކުލިވެސް ބޮޑުތަކުން ކުޑަކޮށްދީފައެވެ.
Dhathuruveringe Market aai Local Market golhithakuge kuli, adhi Fahthiyaa thakuge kuli kudakohdhin kamuge liyun thah miadhu vanee havaalu kuran fashaafa. pic.twitter.com/CPwf4OYvCV
— Dr Mohamed Muizzu (@MMuizzu) June 3, 2021