މިސްކިތަށް އަރާ މީހުންގެ ލަފުގައި ހިފައި ފުލުހުން ހުއްޓުވާއިރު "މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ރޭގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ބައެއް އާންމު ފަރާތްތަކުން ޚާއްސަ ހާލަތްތަކުގައި މިސްކިތްތައް ބޭނުން ކުރަމުންދާތީ، މާލެ ސަރަހައްދުގައި ހިމެނޭ 40 މިސްކިތުގެ ތެރެއިން 37 މިސްކިތުގައި ނަމާދު ކުރުމާއި، ފާޚާނާ ކުރުމާއި، ވުޟޫ ކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައި ހުންނާނެ" ކަމަށެވެ.
މިބުނާ އެއްޗެއްގެ މާނަ އޮޅުންފިލުވަން ރެއިން ފެށިގެން މިއަދުނޫހުން ކުރަމުން ގެންދާ މަސައްކަތުގައި އިސްލާމިކް މިނިސްޓްރީގެ އޮފިޝަލުންނާއި އަދިވެސް ވަނީ ގުޅޭ ގޮތް ނުވެފައެވެ. ޓޭޕްދަމާ ބަންދުކޮށްފައި ހުރި ބައެއް މިސްކިތުން މިއަދު ޓޭޕް ނެގިކަމުގެ މައުލޫމާތެއްވެސް ލިބުނެވެ.
ދެން މިފެނުނީ ޢަޖައިބެއް ފަދަ ޚަބަރަކެވެ. އެއީ މިސްކިތަށް ވަންނަން ދިއަ މީހެއްގެ "ލަފުގައި ހިފައި" ފުލުހަކު ކޮންތާކަށްތޯ ތިޔަދަނީ ސުވާލު ކުރުމުން ފުލުހުންނާއި ޢާންމުންގެ މެދުގައި ޒުވާބަކަށްވިކަމުގެ ޚަބަރެވެ! މިހާރު މިއުޅެވެނީ ދިވެހިރާއްޖޭގައިތޯ ނޫނީ އިޒްރޭލުގައިތޯ ސުވާލު އުފެދެނީ އިސްލާމިކް މިނިސްޓްރީން ބުނާ ޚާއްޞަ ޙާލަތުގައި ނަމަވެސް މިސްކިތައް ނުއެރި މިސްކިތުގައި ނަމާދުކުރެވޭނެ ގޮތެއް އޮޅުން ނުފިލާތީކަމަށް މިސްކިތް ކައިރިއަށް އެއްވި ބައެއް މީހުން ބުނެފައިވެއެވެ.
ވީނިޔުސްގައި ސައިފް އަޒްހަރު ލިޔުއްވާފައިވާ ލިޔުން:
މާލޭގެ އިބްރާހީމީ މިސްކިތް ކަރީގައި އާންމުންނާއި ފުލުހުންނާ ދެމެދު ވަރުގަދަ ޒުވާބެއް ހިނގައިފިއެވެ.
ޒުވާބު ހިނގަން މެދުވެރިވީ، މިސްކިތަށް ނަމާދަށް ވަންނަން އުޅުނު މީހަކު، މިސްކިތަށް ވަނަނުދީ ފުލުހުން ހުއްޓުވިކަމަށް ބުނާ މައްސަލައެއްގައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި، މައްސަލަ ހޫނުވީ މިސްކިތަށް ވަންނަން ދިޔަ މީހެއްގެ "ލަފުގައި ހިފައި" ފުލުހަކު ކޮންތާކަށްތޯ ތިޔަދަނީ ސުވާލު ކުރުމުންނެވެ.
މިކަމާ ގުޅިގެން، އާންމުން އެތަނަށް އެއްވެ ޒުވާބުކުރަން ފެށުމުން، ފުލުހުންގެ އިތުރު ބަޔަކު އެތަނަށް އައިސް، މިސްކިތަށް ވަންނަން އުޅުނުމީހާ ހުއްޓުވަން މަސައްކަތްކުރި ފުލުސްމީހާ އެތަނުން ވަނީ ފޮނުވާލާފައެވެ.
މިސްކިތުގެ ދޮރުމަތީގައި އާންމުންނާއި ފުލުހުންނާ ދެމެދު ހިނގި ޒުވާބުގެ ބައެއް ވީޑިއޯތައް ވީނިއުސްއަށް ވަނީ ލިބިފައެވެ.
އެ ވީޑިއޯތަކުން، މިސްކިތަށް ވަންނަން ދިޔަކަމަށް ބުނާ މީހާ ފެނެއެވެ. އަދި ފުލުހަކު އޭނާ ހިފެހެއްޓި ހިސާބުވެސް ދައްކައެވެ.
ކޮންތާކަށްތޯ ތިޔަދަނީ ބުނެ ފުލުސްމީހާ އޭނާއާ ސުވާލު ކުރިކަމަށާއި، މިސްކިތަށޭ މި ވަންނަނީ ބުނުމުން "ލަފުގައިހިފި" ކަމަށްބުނެ ފުލުހުސްމީހާ ހިފެހެއްޓިތަންވެސް ދައްކާ މަންޒަރު ވީޑިއޯއިން ފެނެއެވެ.
އެ މަންޒަރު ފެނުނު މީހުންވެސް ކައިރީގައި ތިބެގެން، ފުލުސްމީހާ އޭނާ ހިފެހެއްޓި ހިސާބު ދައްކައެވެ. އެއީ، އިބްރާހީމީ މިސްކިތުގެ ދޮރުމައްޗެވެ.
އަދި ފުލުހުންނަށް އޭނާއާބެހޭ މައުލޫމާތުދޭން ދެކޮޅުހަދާ މަންޒަރުވެސް އެއް ވީޑިއޯއިން ފެނެއެވެ. އޭނާ ބުނަނީ، މިސްކިތުގައި އެވަގުތު ތިބި އެންމެންގެ މައުލޫމާތު އައިޑީކާޑު ނަންބަރާއެކު ނޯޓުކުރުމުން އޭނާގެ މައުލޫމާތުވެސް ދޭނޭ ކަމަށެވެ.
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކުރުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިސް ނަމާދުން ފެށިގެން މިސްކިތްތައް އެއްކޮށް ބަންދުކުރަން އިސްލާމިކް މިނިސްޓްރީން ނިންމީ، މިސްކިތަށްދާ ބައެއްމީހުން އެ އެންގުންތަކަށް ތަބާނުވެ ބައެއް މިސްކިތްތަކުގައި ގައިދުރުކަމެއްނެތި ޖަމާޢަތް ހަދަމުންދާތީ ކަމަށް ބުނެއެވެ.
އަދި ފަހުން މިސްކިތްތަކުން ފެންކަނޑައި، ފާޚާނާތައްވެސް ބަންދުކުރިއެވެ.
އޭގެފަހުން މައްސަލަ ގޯސްވެ ދީނީ އިލްމުވެރިންނާއި، އާންމު އެތައް ބައެއްގެ ނުރުހުމާއި ފާޑުކިއުން ސަރުކާރަށާއި، އިސްލާމިކް މިނިސްޓްރީއަށް އަމާޒުވެގެންދިޔައީ، ބޭރުގައި އުޅުން މަނާކޮށްފައި އޮތް ގަޑީގައި މިސްކިތަށް އަރައި ނަމާދުކުރި މީހަކު، ފުލުހުން ޖޫރިމަނާ ކުރި ހިސާބުންނެވެ.
މިކަމާ ގުޅިގެން، ކާފިއު ގަޑީގައި ބޭރުގައި އުޅުމުގެ ހުއްދަ އޮންނަ ފަރާތްތަކަށް މިސްކިތަށް އަރައި ނަމާދުކުވެގެން ޖެހޭނެ ކަމަށް އިލްމުވެރިންނާއި، އާންމުންވެސް ސޯޝަލް މީޑިއާގައި ގޮވައި އަޑުއުފުލަމުން ގޮސްފައި ވެއެވެ.
އަދި މިސްކިތްތަކުން ފެންކަނޑައި، ފާޚާނާތައް ބަންދުކުރި މައްސަލަ އެތައްބަޔަކު ކުށްވެރި ކޮށްފައި ވެއެވެ.
މިމައްސަލަ ހޫނުވާން ފެށުމުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ރޭގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބައެއް އާންމު ފަރާތްތަކުން ޚާއްސަ ހާލަތްތަކުގައި މިސްކިތްތައް ބޭނުން ކުރަމުންދާތީ، މާލެ ސަރަހައްދުގައި ހިމެނޭ 40 މިސްކިތުގެ ތެރެއިން 37 މިސްކިތުގައި ނަމާދު ކުރުމާއި، ފާޚާނާ ކުރުމާއި، ވުޟޫ ކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައި ހުންނާނެ ކަމަށެވެ.
މިއަދުނޫހުގައި ރޭ ޝާއިޢުކުރި ޚަބަރު: