މިއަދު ޕޮޒިޓިވްވީ ހަތްސަތޭކަ ހަތަރުމީހުން! މާލޭ ސަރަހައްދުން ހަތަރުސަތޭކަ ހަތްމީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
މިއަދު ޕޮޒިޓިވްވީ ހަތްސަތޭކަ ހަތަރުމީހުން! މާލޭ ސަރަހައްދުން ހަތަރުސަތޭކަ ހަތްމީހުން!

މިއަދު އަލަށް ކޮވިޑް19 އަށް 704 މީހުން ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 407ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭގެ އިން ހާމަކޮށްފައިވަނީ 704 މީހެކެވެ.

އިއްޔެ މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 768 މީހުންނެވެ. 

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 5181 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 41779 އަށް އަރައިފައެވެ. 

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 65868 އަށް އަރައިފައެވެ. މި ބައްޔަށް 23909 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 197 މީހުންނަށެވެ.

މި ބަލީގައި މިއަދު 2 މީހުން ނިޔާވެފައިވާއިރު ޖުމްލަ ނިޔާވެފައިވަނީ 171 މީހުންނެވެ.

މިއަދު އޮންލައިން