އިސްލާމް ދީނާ ދެކޮޅަށް އުޅޭ މީހުންނަށް މިނިވަންކަން ފުޅައުކުރުމަށާއި، އެފަދަ މީހުންނަކީ ދީނާ ދެކޮޅު މީހުން ކަމަށް ބުނާ މީހާ "އުލުބައިންދަން" ޤާނޫނަށް ބަދަލުގެނައުމަށް މަސައްކަތްކުރުމަކީ ދީނަށް ނިކަމެތިކަން ގެނައުމަށް ހިންގާ ޖަރީމާއެއް ކަމުގައި ނޫނީ ނުދެކެމެވެ!:
- ޝައިޚް ޢަލީ ޒާހިރް ބިން ސަޢީދް ޤާސިމް
ދީނީ ޢިލްމުވެރިން މިފަދަ ބަސްފުޅުތައް ވިދާޅުވަމުން ގެންދަވާއިރު ޢާންމު ރައްޔިތުންވެސް ގެންދަނީ މަޖިލީހުން ފާސްކުރަން އުޅޭ ބިލަށް ވަރަށް ބޮޑަށް ފާޑުކިޔަމުންކަން ފާހަގަކުރެވެއެވެ.
"މީގައި މިއޮންނަގޮތުން، "އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫއާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ އަކީ ހައްދުފަހަނައަޅާފައިވާ ހަރުކަށިފިކުރަށް ތާއީދުކުރާ އިސްލާމްދީނުގެ އަދުއްވުން" ކަމަށް ދެކި އެވާހަކަ އެގޮތަށް ބުނެފިނަމަ ކުށްވެރިވެދާނެ އެވެ."
މިފަދަ އެތައް ބަސްތަކެއް ގެންދަނީ ފައުޅުކުރަމުންނެވެ.