ތިރީސް ހަތް މިސްކިތުގަ ޚާއްޞަ ޙާލަތުގަ ވުޟޫކޮށް ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ
ތިރީސް ހަތް މިސްކިތުގަ ޚާއްޞަ ޙާލަތުގަ ވުޟޫކޮށް ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި

މާލެ ސަރަހައްދުގެ 37 މިސްކިތްތައް ބަންދުކުރަން ނިންމި ކަމުގައިވިޔަސް ބައެއް ޢާންމު ފަރާތްތަކުން ޚާއްޞަ ޙާލަތްތަކުގައި މިސްކިތްތައް ބޭނުންކުރަމުން ގެންދާތީ، މާލެ ސަރަޙައްދުގައި ހިމެނޭ 40 މިސްކިތުގެ ތެރެއިން 37 މިސްކިތެއްގައި ނަމާދުކުރުމާއި، ފާޚާނާކުރުމާއި ވުޟޫކުރެވޭނެ އިންތިޒާމް މިހާރުވެސް ހުރިކަން ފާހަގަކުރާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. 

މިބަހާއި ގުޅިގެން އިތުރު މައުލޫމާތު އޮޅުންފިލުވަން އިސްލާމިކް މިނިސްޓްރީގެ ދެ ބޭފުޅަކަށް ގުޅުމުން ފޯނުކުރުމުން ފޯނު ނުނަންގަވާތީ އިތުރު މައުލޫމާތު ލިބޭނެ ގޮތެއް ނުވިއެވެ. 

މިދުވަސްކޮޅު ކޮވިޑްގައި ގިނަ ބައަކު މަރުވަމުންދާތީ ގިނަ އަދަދެއްގެ ބައަކު ހުޅުމާލޭ ސަހަރާ މިސްކިތަށް ދެއެވެ. އެގޮތަށްދާ މީހުންނަށް މިސްކިތުން ފާޚާނާ ކުރެވޭނެ އިންތިޒާމް ހުރިނަމަވެސް ނަމާދުކުރެވޭނެ އިންތިޒާމް ނެތުމުން ނަމާދުނުކުރެވޭތީ ގިނަ ބައަކު ދަނީ ޝަކުވާކުރަމުންނެވެ. 

ބައެއް މިސްކިތްތަކުގައި މީހުން މިހާރުވެސް ނަމާދުކުރެއެވެ. އިސްލާމިކް މިނިސްޓްރީގެ މިބަހަކީ މިސްކިތްތަކުގައި ނަމާދުކުރަން ދިން ހުއްދައެއްކަން ވަނީ އޮޅުން ނުފިލައިފައެވެ. 

އިސްލާމިކް މިނިސްޓްރީގެ ބަޔާން: 

file:///C:/Users/User/Downloads/20210601_202720.pdf

މިއަދު އޮންލައިން