373 މީހުން މާލޭސަރަހައްދުން މިއަދު ޕޮޒިޓިވްވެއްޖެ! ޖުމްލަ ހަތްސަތޭކަ ފަސްދޮޅަސް އަށްމީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
373 މީހުން މާލޭސަރަހައްދުން މިއަދު ޕޮޒިޓިވްވެއްޖެ! ޖުމްލަ ހަތްސަތޭކަ ފަސްދޮޅަސް އަށްމީހުން!

މިއަދު އަލަށް ކޮވިޑް19 އަށް 768 މީހުން ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 373 ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭގެ އިން ހާމަކޮށްފައިވަނީ 768 މީހެކެވެ.

އިއްޔެ މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 710 މީހުންނެވެ. 

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 5685 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 40951 އަށް އަރައިފައެވެ. 

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 65164 އަށް އަރައިފައެވެ. މި ބައްޔަށް 24035 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 208 މީހުންނަށެވެ.

މި ބަލީގައި މިއަދު 8 މީހުން ނިޔާވެފައިވާއިރު ޖުމްލަ ނިޔާވެފައިވަނީ 169 މީހުންނެވެ.

މިއަދު އޮންލައިން