ވަގުންނަށް ވަގުން، ޤާތިލުންނަށް ގާތިލުން ކިޔާފަދައިން، ދީނުގެ ސާބިތު ހުކުމްތަކާ ހިލާފަށް ވާހަކަދައްކާ މީހުންނަށް ކިޔާނި ލާދީނީ މީހުން: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ވަގުންނަށް ވަގުން، ޤާތިލުންނަށް ގާތިލުން ކިޔާފަދައިން، ދީނުގެ ސާބިތު ހުކުމްތަކާ ހިލާފަށް ވާހަކަދައްކާ މީހުންނަށް ކިޔާނި ލާދީނީ މީހުން: ޝައިޚް ޢަލީ ޒައިދު

ވައްކަން ކުރުމާއި، މީހުން މެރުމާއި، ދީނަށް ފުރައްސާރަކުރުން ފަދަ ކަންކަމަކީ ޖަރީމާތައް ކަމަށާއި ވަގުންނަށް ވަގުން، އަދި މީހުން މަރާ މީހުންނަން ގާތިލުން ކިޔާފަދައިން، އިސްލާމް ދީނުގެ ސާބިތު ހުކުމްތަކާއި ހިލާފަށް ވާހަކަދައްކާ މީހުންނަށް ކިޔާނި ލާދީނީ މީހުން ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.  

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ އެމީހަކު ކުރާ ކަމަކާއި ގުޅޭގޮތަށް އެކަމަކަށް ކިޔަން އޮންނަ ނަމަކުން ކިޔުމަކީ "ހޭޓްސްޕީޗް" ނޫން ކަމަށާއި އެކަން ނުހުއްޓުވޭނެ ކަމަށެވެ. އަދި ގާނޫނަކީ ވަކި މީހެއްގެ ހިމާޔަތަށް ނުވަތަ ވަކި ބައެއްގެ ހިމާޔަތުގައި ފަހާލެވޭ ހެދުމަކަށް ވެގެން ނުވަނެކަމަށެވެ. 

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ގާނޫނަކުން އިސްލާމް ދީނުގައިވާ، މުންކަރާތް އިންކާރުކުރުމުގެ ބޮޑު އަސާސަށް ހަނިކަން އަންނަގޮތަށް ގާނޫނު ފަރުމާކުރަން ހުއްދައެއް ނުވާނެކަށާއި މުންކަރާތްތައް އިންކާރުކުރުމަކީ ވާޖިބެއްކަމަށެވެ. 

"ސަރުކާރުން އުޅެނީ ހަރުކަށި ފިކުރު ހުއްޓުވާކަށް ނޫން! ސަރުކާރުން އުޅެނީ ޙާލަތުގެ ޏަޖާއިޒް ފައިދާ ނަގައި ލާދީނީ އަމަލްތަކާ ބަސްތަކަށް ޖާގަދީ، މިކަމަށް އިންކާރު ކުރާމީހުން ގޮޅިއަށް ފައްތަން! ޤާނޫނަކުން އިސްލާމް ދީނުގެ އަސާސްތައް މުގުރައެއް ނުލެވޭނެ!" ކަމަށްވެސް ޝައިޚް ޢަލީ ޒައިދު ވަނީ ވިދާޅުވެފައެވެ. 

"މިއުޅެނީ ހަރުކަށި ފިކުރު ހުއްޓުވާކަށް ނޫން! އަސްލު މިއުޅެނީ ޙާލަތުގެ ޏަޖާއިޒް ފައިދާ ނަގައި ލާދީނީ ޢަމަލްތަކާ ބަސްތަކަށް ޖާގަދީ، މިކަމަށް އިންކާރު ކުރާމީހުން ގޮޅިއަށް ފައްތަން! އެއްވެސް އިޚްލާޞްތެރިކަމެއް ނެތް! ޤާނޫނަކުން އިސްލާމް ދީނުގެ އަސާސްތައް މުގުރައެއް ނުލެވޭނެ"!

މިއަދު އޮންލައިން