ދުވާލަކު 4 ފަހަރު ނަން ބަދަލުކުރިއަސް މަލާއިކަތުންނަށް އޮޅުވައެއް ނުލެވޭނެ! ކޮންމެ އޮޅުވާލުމަކަށްވެސް އިތުވާނީ ޢަޛާބް!: މުފްތީ މެންކް

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ދުވާލަކު 4 ފަހަރު ނަން ބަދަލުކުރިއަސް މަލާއިކަތުންނަށް އޮޅުވައެއް ނުލެވޭނެ! ކޮންމެ އޮޅުވާލުމަކަށްވެސް އިތުވާނީ ޢަޛާބް!: މުފްތީ މެންކް

ކިތަންމެ ބޮޑަކަށް ފިލައި ހުރެ ސޯޝަލް މީޑިއާގައި ފޭކް ނަމެއްގައި ލިޔެގެން ނަމަވެސް އަދި ތަޞްވީރެއް، ނުވަތަ ކާޓޫނެއް ކުރަހައިގެން ނަމަވެސް އަދި އެނޫން ގޮތަކުން ނަމަވެސް އެއްވެސް މީހެއްގެ ޙައްޤަކަށް އަރައިގަނެ، ޙައްޤު ނޫން އިލްޒާމެއް އެއްވެސް މީހެއްގެ ބޮލުގައި އަޅުވައިފިނަމަ އެކަމުގެ ޒިންމާ އުފުލަން އެމީހަކަށް ޖެހޭނެއެވެ. ކިތަންމެ ފޭކް ނަމެއްގައި ލިޔުނު ނަމަވެސް އެކަންކުރީ ކާކުކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. 

އެމީހެއްގެ ކޮނޑުގައި ތިއްބަވާ މަލާއިކަތުން އެމީހެއްގެ ފަތުގައި އެމީހާގެ އެ ޢަމަލު ލިޔުއްވަވާނެތެވެ! ދުވާލަކު 4 ފަހަރަށް ނަން ބަދަލުކުރިނަމަވެސް ހަމަ ފަތުގައި އެކަންވެސް ލިޔުއްވަވާނެތެވެ. 

މިއަދު ގިނަ ބައަކު އެންމެ ބޮޑަށް ފޭލްވެފައި މިވަނީ މީސްތަކުންގެ ޙައްޤުތައް އަދާކުރުމުގައެވެ.  އެކަމުގައި އިންތިހާއަށް ފޭލްވެފައިވާއިރު ސޯޝަލް މީޑިއާގައި ދައުރުކުރާ މެސެޖުތަކުގެ 70 އިންސައްތައަށްވުރެ ގިނައީ މީސްތަކުންގެ އަބުރަށާއި ކަރާމާތަށް އަރައިގަނެފައިވާ މެސެޖުތަކެވެ.  ނަފްރަތުކުރާ މީހާގެ ޙައްޤުތަކަށް އަރައިގަނެ ލޭ ބުއިމުގައި ހައްދު ފަހަނައަޅާފައި ތަކެއްޗެވެ. 

އެހެންކަމުން މިބާވަތުގެ އަމަލުތައް ކުރާ މީހުން މިކަންކަމަށް އިތުރަށް ވިސްނައި ހޭލުންތެރިވެ ޢާޚިރަތް ހޯދަން ވިސްނުމުން ނޫނީ ދެން މެދުވެރިވެދާނެ ޙާލަތަށް ވިސްނައިލުން ކިތަންމެހައިވެސް މުހިންމުކަން ފާހަގަކުރަމެވެ. 

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން