ކޮވިޑަށް ސާމްޕަލް ނުނަގާ މީހުންގެ ޓެސްޓް ނަތީޖާ 1676 އިން މީހުންނަށް އެބަ ފޮނުވައެވެ. އެހެން ކމަށްވާއިރު ފޮނުވާ ނަތީޖާތަކަށް އޮތީ ކޮން އިތުބާރެއް ކަމާއިމެދު ސުވާލު އުފެދެއެވެ.
ކޮވިޑުގެ ޙާލަތު މިހައި ބޮޑަށް ގޯސްވެ ގިނަވެ ނަގަންޖެހޭ ސާމްޕަލްތައް ގިނަވުމުން ފޮނުވަންޖެހޭ އެސްއެމްއެސްތައްވެސް ގިނަވާނެކަން ޤަބޫލުކުރެއެވެ. ނަމަވެސް ކޮވިޑް ސާމްޕަލްތަކަކީ ވަރަށް ފަރުވާތެރިކަމާއިއެކު ޓެސްޓް ކުރެވި އަދި ޒިންމާދާރުކަމާއިއެކު ނަތީޖާ ފޮނުވަންޖެހޭނެ އެއްޗެއް ކަމަށް ޤަބޫލުކުރެވެއެވެ.
ނޫންނަމަ ޕޮޒިޓިވް މީހުންނަށް ނުގަޓިވް ނަތީޖާ އަދި ނެގަޓިވް މީހުންނަށް ޕޮޒިޓިވް ނަތީޖާ ފޮނުވިދާނެކަމާއިމެދު ބިރު އެބައޮތެވެ.
އަޅުގަނޑު ފެބްރުވަރީ މަހުގެ 15 ދުވަހު ސާމްޕަލެއް ދިނީމެވެ. އެއިގެ ނަތީޖާ ނެގަޓިވްކަމަށް 17 ވަނަ ދުވަހު މެސެޖެއް ލިބުނެވެ. އެއިގެ ފަހުން އަޅުގަނޑު އެއްވެސް ސާޕަލެއް ދީފައެއް ނުވާނެއެވެ. ނަމަވެސް ތިރީގައި އެވަނީ މިއަދު އަޅުގަނޑަށް ލިބިފައިވާ މެސެޖެކެވެ.
މިފަދަ މައުލޫމާތު ނޫސް މެދުވެރިކޮށް ހާމަކުރަންޖެހެނީ އެޗްޕީއޭގެ ވެރިންނާއި ގުޅަން ކުރާ ފޯނުކޯލްތަކަށް ޖަވާބު ނުލިބޭތީ މައުލޫމާތު ހިއްޞާކުރެވޭނެ އިތުރު ގޮތެއް ނެތުމުންނެވެ. ޞިއްޙީ ޚިދުމަތްތެރިންނާއި ލެބޯޓްރީ ޓެކްނީޝިއަނުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކުގެ އަގުވަޒަންކޮށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.
އެންމެހައި ޞިއްހީ ޚިދުމަތްތެރިންނާއި އެންމެހައި ދިވެހިރައްޔިތުން ކޮވިޑް ބަލިންނާއި އެންމެހައި ބަލިތަކުން ސަލާމަތްކުރައްވަވާށި! އާމީން
Dear Abdul latheef Adam This is to inform you that your sample taken on (28-May-2021) has tested NEGATIVE for COVID-19.
If you develop any COVID-19 like symptoms please contact 1676 immediately.
#StayHome #StaySafe HPA