ކޮވިޑުގެ މިހާރުގެ ޙާލަތަށްބަލާއިރު 240 ކުޑަކުދިންނާއި 46 މާބަނޑު އަންހެނުންނާއި އުމުރުން ދުވަސްވީ 29 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މިއީ ސަމާލުކަންދޭންޖެހޭ ކަމެއްކަން ޑޮކްޓަރުން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.
ޑޮކްޓަރުން އިލްތިމާސްކުރައްވަމުން ގެންދަވަނީ ތިމާގެ ސަބަބުން ތިމާގެ މައިންބަފައިންނަށް އަނބިމީހާއަށް އަދި ދަރިންނަށް ބަލިނާރާނެ ގޮތްތަކަށް ޢަމަލުތައް ބެހެއްޓުން ވަރަށް މުހިންމުކަމަށެވެ. ގޭތެރޭގައި އުޅުމުގައިވެސް ސަމާލުކަންދީގެން އުޅުމަށެވެ.
މިހާލަތުގައި ގެއަށް ވަދެ އަތްދޮވެގެން ދެކޮޅު ޖެއްސޭކަށް ނެތެވެ. ގެއަށްވަންނަން ހުޅުވާ ތަޅުގައި ނުވަތަ ދޮރުފަތުގައި އަތްލުމުގެކުރިންވެސް އަތްސާފުކުރަންޖެހޭ ޙާލަތަށް މިވަނީ ކަންކަން ގޮސްފައެވެ. އެކަންކުރެވޭނީ ބޭރުގައި ސެނެޓައިޒަރފުޅިއެއް ބަހައްޓައިގެންނެވެ. ނުވަތަ ކުޑަފުޅިއެއް ޖީބުގައި ގެންގުޅެގެންނެވެ.