އެންހާސް ފަސްދޮޅަސް ދެމީހުން މިއަދު އަލަށް ޕޮޒިޓިވްވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
އެންހާސް ފަސްދޮޅަސް ދެމީހުން މިއަދު އަލަށް ޕޮޒިޓިވްވެއްޖެ!

މިއަދު އަލަށް ކޮވިޑް19 އަށް އެންހާސް ފަސްދޮޅަސް ދެމީހުން ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 699 ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭގެ އިން ހާމަކޮށްފައިވަނީ 1062 މީހެކެވެ.

އިއްޔެ މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 901 މީހުންނެވެ. 

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 4832 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 38،233 އަށް އަރައިފައެވެ. 

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 62906 އަށް އަރައިފައެވެ. މި ބައްޔަށް 24507 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 240 މީހުންނަށެވެ.

މި ބަލީގައި މިއަދު 2 މީހުން ނިޔާވެފައިވާއިރު ޖުމްލަ ނިޔާވެފައިވަނީ 157 މީހުންނެވެ.

މިއަދު އޮންލައިން