މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ނުވަސަތޭކައަށް ތިރިވެއްޖެއެވެ.
އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 468 ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭގެ އިން ހާމަކޮށްފައިވަނީ 901 މީހެކެވެ.
އިއްޔެ މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 1،299 މީހުންނެވެ.
މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 4821 އެވެ.
މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 36،862 އަށް އަރައިފައެވެ.
މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 61844 އަށް އަރައިފައެވެ. މި ބައްޔަށް 24818 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 252 މީހުންނަށެވެ.
މި ބަލީގައި މިއަދު 4 މީހުން ނިޔާވެފައިވާއިރު ޖުމްލަ ނިޔާވެފައިވަނީ 155 މީހުންނެވެ.