މިއަދުގެ ހަތަރު ވަނަ މަރު! ކޮވިޑްގައި ނިޔާވީ މީހުންގެ އަދަދު ސަތޭކަ ފަންސާސް ފަހަކަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 24ސ
މިއަދުގެ ހަތަރު ވަނަ މަރު! ކޮވިޑްގައި ނިޔާވީ މީހުންގެ އަދަދު ސަތޭކަ ފަންސާސް ފަހަކަށް!

ކޮވިޑް-19 ޖެހިގެން މިއަދު ހަތަރު ވަނަ މީހާ ނިޔާވެއްޖެއެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފައިވަނީ އެމްނެފަހުން ނިޔާވީހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 61 އަހަރުގެ ދިވެހި ފިރެނެއް ކަމަށެވެ. މިމީހާ ނިޔާވެފައިވަނީ މިއަދު މެންދުރުފަހު 02:14 ގައެވެ.

މިއަދު މީގެއިތުރަށް ތިންމީހަރު ވަނީ މިބަލީގައި ނިޔާވެފައެވެ.

އެޗްޕީއޭ ގެ ހިސާބުތަކުން ދައްކާގޮތުގައި ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 155 އަށް އަރާފައެވެ.

މިއަދު އޮންލައިން