ފެންބޯންވީ ގޮތް ބަޔާންކުރެއްވެވި ޙަދީޘްފުޅަށް މިއަދުގެ ސައިންސްވެރިންގެ ފުރިހަމަ ތާއީދު ލިބިއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ފެންބޯންވީ ގޮތް ބަޔާންކުރެއްވެވި ޙަދީޘްފުޅަށް މިއަދުގެ ސައިންސްވެރިންގެ ފުރިހަމަ ތާއީދު ލިބިއްޖެ!

ޙަދީޘްފުޅުގައި އޮތީ ކޮޅަށްހުރެ ފެން ނުބުއިމަށެވެ. އަދި 3 ފަހަރުން ފެންތަށި ބުއިމަށެވެ. ދެން މިއަދުގެ ސައިންސްވެރިން ބުނާ ބަހަސް ބަލައިލަމާތޯއެވެ! 

ސައިންސުގެ ހޯދަން އެނގެނީ ކޮޅަށް ހުރެ ފެން ބުއިމަކީ ނާރުތަކަށް ބާރު ބޮޑުވެ އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބޭ ޞިއްހަތަށް ވަރަށް ނުރައްކަތެރިކަމެއް ކަމަށެވެ. މިކަން ހާމަކޮށްފައިވަނީ ޙަކީމީ ބޭސްވެރިކަން ކުރިއަރުވަން ހޯދުންތައް ހޯދި ސައިންސްވެރިންގެ ޓީމަކުންނެވެ. 

އެޓީމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފެން ބޯންޖެހޭނީ އިށީނދެ އިނދެގެން ކަމަށެވެ. އަދި ބޯފެނުގެ ފައިދާ ހަށިގަނޑަށް އެންމެ ރަނގަޅަށް ކުރާނީވެސް އިށީނދެ އިނދެގެން ފެންބުއިމުން ކަމަށެވެ. 

"އެއް ފަހަރާ ފެންތަށި ހުސްކޮށްލުމުން ފެން އެތެރެވެގެންދަނީ ވަރަށް ބާރު ސްޕީޑެއްގަ. އެކަމުން ނާރުތަކަށް ވަރަށް ގިނަ ގެއްލުންތައް ލިބޭ. ފެންވެސް އެތެރެކުރަން ޖެހޭނީ ވައިވެސް އެތެރެކުރާ ފަދައިން ލަސްލަހުން. އެއް ފަހަރާ ބާރު ސްޕީޑްގަ ފެން ބުއިމަކީ ހަށިގަނޑުގެ އޮކްސިޖަން ލެވެލް މަދުވެގެންދާ ކަމެއް. އެކަމުގެ ސަބަބުން ހިތުގެ ހިނގުމަށާ ފުއްޕާމޭގެ މަސައްކަތަށް ގެއްލުން ލިބޭ. މީގެ އިތުރުން ކަށްޓަށްވެސް ގެއްލުން ލިބި ހުޅުހުޅުގަ ރިއްސުމުގެ މައްސަލަތައްވެސް ކުރިމަތިވޭ."

މިއަދުގެ ސައިންސްވެރިން މިމޭރުމުން ބުނާއިރު މީގެ 1450 ވަރަކަށް އަހަރުކުރިން ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ވަނީ މިކަންކަން ބަޔާންކޮށް ދެއްވަވައިފައެވެ. 

ސައިންސްވެރިންގެ ހޯދުންތަކުން އެނގި އިތުރަށް ކަށަވަރުވަމުން މިދަނީ ޙަދީޘްފުޅުތަކުގެ ޞައްޙަކަމެވެ. ޙަދީޘްފުޅުގައި އޮތީ "ކޮޅަށް ހުރެ ފެން ނުބުއިމަށާއި އިށީނދެ އިނދެ ފެން ބުއިމަށާއި ލަސްލަހުން ފެން ބުއިމަށާއި އަދި 3 ނޭވާއިން ފެންތަށި ބުއިމަށެވެ."

ހޯދިވަރަކަށް އެނގެމުން މިދަނީ ހަމައެއްކަމެކެވެ. ރަސޫލް ﷺ ގެ ޙަދީޘްފުޅުތަކުގެ ފުރިހަމަކަމެވެ. އަދި މިޮހައިތަނަށް ހޯދުނު އެންމެ ހޯދުމަކުން ވެސް ކީރިތި ޤުރްއާނުގެ އެންމެ އާޔަތެއްވެސް ﷲ ތަޢާލާގެ އެންމެ ވަހީ ބަސްފުޅެއްވެސް އަދި ރަސޫލް ﷺ ގެ އެންމެ ޙަދީޘްފުޅެއްވެސް ދޮގުކުރެވިފައެއް ނުވެއެވެ.

މިއަދު އޮންލައިން