އެޕްރީލް މަހުގެ ކުރީކޮޅު ދެވުނު ލުއިތައް ދިނުން އެއީ އެންމެ ރަނގަޅަށް ކުރެވުނު ކަމެއް ނޫންކަމަށް ރައީސް ޞާލިޙް ވިދާޅުވެއްޖެއެވެ.
މިރޭ ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެޕްރީލް މަހުގެ ކުރީކޮޅު ދެވުނު ލުއިތައް ދިނުން އެއީ އެންމެ ރަނގަޅަށް ކުރެވުނު ކަމެއް ނޫންކަމަށާއި އެކަން އެހެންވީ ސަބަބާއިމެދު މިވަގުތު އެއްޗެއް ވިދާޅުވާކަށް ނެތިން ކަމަށެވެ.
ރައީސް ވިދާޅުވީ ވެކްސިން ދިނުމަށްބަލާއިރު ރާއްޖެވަނީ ދުނިޔޭގެ ނިޞްބަތުން ވަރަށް ކުރީގައި ކަމަށާއި ދުނިޔޭގައި ގިނައީ އެންމެ ޑޯޒެއްވެސް ނުދެވޭ މީހުން ކަމަށެވެ.
ރާއްޖޭގެ އާބާދީގެ 62 އިންސައްތައަށް ފުރަތަމަ ޑޯޒް، އަދި 35 އިންސައްތަ އަށް ދެވަނަ ޑޯޒް ވަނީ ދީފައެވެ.
ވެކްސިން ހޯދަން ސަރުކާރުން މިހާރުވެސްދަނީ ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުންނެވެ.