މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި ފަށާފައިވާ މަސައްކަތްތަކުން ޖުލައި މަސް ހައިތަނުގައި މިހާލަތުން އަރައަިގަނެވޭނެއެވެ. އިޤްޠިޞާދީ ގޮތުން މިއަހަރުވެސް ކުރިއެރުން ލިބޭނެއެވެ. މިހާރު އެންމެ ބޮޑު ސަމާލުކަެއް ދޭންވީ ކޮވިޑުން އަރައިގަތުމަށެވެ.
ފެސިލިޓީތަކެއް ނުފުރެއެވެ. ޖާގަ އެބަހުއްޓެވެ. ދަތިކަންހުރީ އިންސާނީ ވަސީލަތުގައެވެ. ހުޅުމާލެ ކޮވިޑް ފެސިލިޓީގައި މިހާރުވެސް 116 ނަރުހުން ޚިދުމަތް ކުރެއެވެ. 30 އަށްވުރެ ގިނަ ނާސިންގ ދަރިވަރުން މާދަމާގެ ނިޔަލަށް ޚިދުމަތަށް ނުކުންނާނެއެވެ. އޭޑީކޭ ހޮސްޕިޓަލުން ނަރުހުން ހޯދަން ދަނީ މަސައްކަތްކުރެވެމުންނެވެ.
270 އެނދުގެ އިތުރު ފެސިލިޓީއެއް ހުޅުމާލޭގައި ޤާއިމުކުރަން މިހާރުވެސް ދަނީ މަސައްކަތްކުރަމުންނެވެ.
ކޮވިޑް މެނޭޖްކުރުމުގައި އަދިވެސް ފޭލްވެފައެއް ނުވެއެވެ. ނަމަވެސް މިހާރު ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.
- ރައީސް ޞާލިޙްގެ ވާހަކަފުޅުން