މިހާލަތަށް އައީ މަޖިލީހަށް އެޗްޕީއޭގެ ވެރިން ހާޒިރުކުރަން އުޅުމުން ގައިޑްލައިނަށް ގެނައި ބަދަލުތައް- ކޮރޯނާގެ ނުރައްކާ މުޅިއަހަރާ މިމަސް އެއްވަރު-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
މިހާލަތަށް އައީ މަޖިލީހަށް އެޗްޕީއޭގެ ވެރިން ހާޒިރުކުރަން އުޅުމުން ގައިޑްލައިނަށް ގެނައި ބަދަލުތައް- ކޮރޯނާގެ ނުރައްކާ މުޅިއަހަރާ މިމަސް އެއްވަރު-!

(ރާއްޖޭގައި ކޮވިޑް މިހާރު ފެތުރެމުންދާ ޙާލަތަށް ބަލާއިރު ފާއިތުވި ހުރިހާ ދުވަހަކާއި މިހިނގާ މޭމަސް އެއްވަރެވެ. ޖުމުލަ 58345 މީހުން މިއަދާއި ހަމައަށް ޕޮޒިޓިވްވެފައިވާއިރު) މިމަހުގެ މިހައިތަނަށް 28،000 އަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައެވެ. (ޖުމުލަ 144 މީހުން މަރުވެފައިވާއިރު) މިމަހު މިހައިތަނަށް 71 މީހުން މަރުވެއްޖެއެވެ. 

"ކޮވިޑް މިހައިވަރަށް ފެތުރިގެން މިދިއައީ އެޕްރިލް މަހުގެ ކުރީކޮޅު ދިން ލުއިތަކުންނެވެ."

(އެލުއިތައް ލިބިގެންދިއައީ އެޗްޕީއޭގެ ގައިޑް ލައިނަށް ގެނައި ކުއްލި ބަދަލުތަކަކާއި ގުޅިގެންނެވެ. އެބަދަލު ގެނައީ އެޗްޕީއޭގެ ވެރިން މަޖިލީހަށް ހާޒިރުކުރަން އުޅޭކަމުގެ ޚަބަރު ޢާންމުވިތަނާއެވެ. އެއިރު މަޖިލީހުގެ މެންބަރުން ގެންދިއައީ ގައިޑްލައިން ކުށްވެރިކޮށް ފާޑުކިޔަމުންނެވެ.)

އެނގިވަޑައިގަންނަވާނެފަދައިން ލޯކަލް ކައުންސިލް އިންތިޚާބް ބޭއްވީ އެޕްރިލް މަހުގެ 10 ވަަނ ދުވަހުއެވެ. ލުއިތައް ގެނައީ ކެންޕޭނުކުރުމަށާއި ވޯޓުލާން މީހުން ނެރުމަށްކަމަށް ގިނަ ބައަކު އެއިރުވެސް އައީ ބުނަމުންނެވެ.  

- ރައީސް ޞާލިޙް ދެއްވި މައުލޫމާތާ އިތުރު މައުލޫމާތު

މިއަދު އޮންލައިން