މިއަދު އެންހާސް ހަތަރު މީހުން ކޮވިޑް19 އަށް ޕޮޒިޓިވްވެ އެންހާސް ތޭވީސް މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.
އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 835 ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭގެ އިން ހާމަކޮށްފައިވަނީ 1004 މީހުންނެވެ.
މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 4030 އެވެ.
މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 34159 އަށް އަރައިފައެވެ. މިއަދު މި ބަލިން ރަނގަޅުވީ 1023 މީހުންނެވެ.
މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 58345 އަށް އަރައިފައެވެ. މި ބައްޔަށް 24033 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 289 މީހުންނަށެވެ.
މި ބަލީގައި މިއަދު 2 މީހުން ނިޔާވެފައިވެފައެވެ.