ކޮވިޑްގައި ތޭރަ މީހުން ނިޔާވެ އެންމެ ހިތްދަތި ދުވަހަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
ކޮވިޑްގައި ތޭރަ މީހުން ނިޔާވެ އެންމެ ހިތްދަތި ދުވަހަށް!

މިއަދު ނިމިގެން މިދިއައީ ކޮވިޑް ބަލީގައި 13 މީހުން ނިޔާވި، ކޮވިޑުގައި އެންމެ ހިތާމަވެރި ދުވަހުގެ ގޮތުގައެވެ. 

އެޗްޕީއޭ އިން ބުނެފައިވަނީ ހުޅުމާލެ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިއަ 80 އަހަރުގެ އަންހެނަކު މިރޭ 11:27 ގައި ނިޔާވެފައިވާ ކަމަށާއި އޭނާއަކީ ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި 141 ވަނަ މީހާ ކަމަށެވެ. 

މީގެ އިތުރުން ހުޅުމާލެ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިއަ 58 އަހަރުގެ ފިރިހެނަކު މިރޭ 11:30 ގައި ނިޔާވެފައިވާ ކަމަށާއި އޭނާއަކީ ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި 142 ވަނަ މީހާ ކަމަށެވެ. 

140 ވަނަ މީހަކަށް މިރޭ ނިޔާވެފައިވަނީ އައްޑޫ ސިޓީން ނިޔާވެފައިވާ މީހެކެވެ. 

އައްޑޫން ނިޔާވެފައިވަނީ، އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިއަ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއަދު އޮންލައިން