ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުމުން ނުވަތަ ކަރަންޓީނު ވާންޖެހުމުން ފުރަތަމަ ކަމަކަށް ކުރަންވީ ކަންތައް ސުންނަތުން-

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުމުން ނުވަތަ ކަރަންޓީނު ވާންޖެހުމުން ފުރަތަމަ ކަމަކަށް ކުރަންވީ ކަންތައް ސުންނަތުން-

"އެއްވެސް ކަމަކާއި ރަސޫލް ﷺ ކަންބޮޑުވެވަޑައިގެންފިނަމަ ފުރަތަމަވެސް ކުރައްވަވާ ކަމަކީ 2 ރަކްޢަތް ނަމާދެއް ކުރެއްވެވުމެވެ. މިކަން އެނގެން އޮތީ ޙަދީޘްފުޅަކުން ނޫނެވެ. ޞަޙާބީންގެ ބަސްފުޅުތަކުންނެވެ. އެއިގެ މާނައަކީ އެއީ ރަސޫލް ﷺ ޢަމަލުފުޅު ކުރެއްވެވި ގޮތް ކަމެވެ.

އެކަން އެގޮތަށް ކުރެއްވެވީ ކީއްވެގެން ހެއްޔެވެ؟ ކޮންމެ ބޮޑުކަމެއް ކުޑަކޮށްދެއްވެވުން ވަނީ ﷲ ތަޢާލާއަށެވެ. ހިތާމަތައް އުފާވެރިކަން ދެއްވެވުން ވަނީ ﷲ ތަޢާލާއަށެވެ. ނަބްރު ދެއްވެވުން ވަނީ ﷲ ތަޢާލާއަށެވެ. ނަމާދުގައި ހުރެވެނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. ސަޖިދައިގައި ހޭދަކުރާ ވަގުތަކީ ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭނެ ވަގުތެވެ!

ވީމާ ހިތްޕުޅަށް ދަތިކަމެއް ނުވަތަ ކަންބޮޑުވެވަޑައިގަތުމެއް ކުރިމަތިވެވަޑައިގަތުމުން އެ އަވަސްވެވަޑައިގަންނަވަނީ ﷲ ތަޢާލާ އާއި ކުއްތަންވެވަޑައިގަތުމަށެވެ. އެކަމުގެ ޙައްލު ވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައިކަމަށްވުމުންނެވެ." 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން 

މިވަގުތު އެޚަބަރެއް މީސްތަކުންނަށް ލިބުމުން އެންމެ ބޮޑަށް ކަންބޮޑުވާންޖެހޭ ޚަބަރެއް ކަމުގައި ފާހަގަކުރެވެނީ އެމީހަކު ކޮވިޑަށް ޕޮޒިޓިވްވިކަމުގެ ނުވަތަ ކޮންޓެކްޓަކަށްވެގެން ކަރަންޓީނުވާންޖެހޭ ކަމުގެ ޚަބަރެވެ. މިހާލަތުގައި ކުރާ ފުރަތަމަ ކަމަކަށް ވުޟޫކޮށް 2 ރަކްއަތް ނަމާދެއްކުރުން ހަދަމާތޯއެވެ! ކޮވިޑުން ސަލާމަތްކޮށްދެއްވެވުން ވެސް ވަނީ ﷲ ތަޢާލާއަށެވެ.

މިއަދު އޮންލައިން