ރާއްޖޭގައި މިއުޅެނީ ކޮން ވޭރިއެންޓެއްތޯ ބަލާލުން ރަނގަޅު ކަމަށް އައިޖީއެމްއެޗްގެ ސްޕޝަލިސްޓް ޑޮކްޓަރު، ޑރ. އަޙްމަދު ފައިޞަލް ވިދާޅުވެއްޖެއެވެ.
"ތަފާތު ވޭރިއެންޓަށް ތަފާތު ވެކްސިން މަސައްކަތްކުރާ ގޮތް ތަފާތު، ފެތުރޭ މިންވަރާ ނުރައްކާތެރިކަންވެސް ތަފާތު! އަހަރެމެންގެ މިއުޅެނީ ކޮން ވޭރިއެންޓެއްތޯ ބަލާލުން ރަނގަޅު!" ޑރ. އަޙްމަދު ފައިޞަލް
ޑރ. ފައިޞަލް މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގައި މިއުޅެނީ އިންޑިއާ ވޭރިއަންޓްކަމަށް ޝައްކުކުރެވިގެން ނޫސްވެރިން ކުރި ސުވާލަކަށް އެޗްޕީއޭއިން ދީފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ޖަވާބެކެވެ.
އެޗްޕީއޭއިން ބުނެފައިވަނީ ރާއްޖޭގައި އެޅެނީ ކޮން ވޭރިއަންޓެއްކަން އެނގުނު ނަމަވެސް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.