މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ކާފިޔުގެ ވަގުތަކީ ހަވީރު 4 ން ފެށިގެން ހެނދުނު 8 އަށް ކަމަށް ހަމަޖައްސައިފިއެވެ.
މިއަދު އިއުލާނުކުރި އުޞޫލުގައިވަނީ ހެނދުނު 8 ން ފެށިގެން ހަވީރު 4 އަށްވެސް ގެއިން ބޭރަށް ނުކުމެ އުޅެވޭނީ ގިނަވެގެން އެއްފަހަރާ 2 މީހުންނަށް ކަމަށާއި އެ ދެ މީހުންނަށްވެސް ނުކުމެ އުޅެވޭނީ ފުލުހުން ދޭ ހުއްދައެއް ހޯދައިގެން ކަމަށެވެ.
އެއްފަހަރާ މީހުންނަށް ނުކުމެ އުޅެވޭނެ އަދަދު މަދުކުރުމަށްޓަކައި ހުއްދަތައް ދޫކުރަން ހަމަޖެހިފައިވަނީ ހެނދުނު 8 ން 12 އަށް އަދި 12 އިން ހަވީރު 4 އަށް ބަހާލައިގެންނެވެ.
ކުރިން ކާފިޔު ހިންގީ ހަވީރު 4 ން ފަތިހު 4 އަށެވެ. މިގެނައި ބަދަލާއިއެކު މިހާރު މިވަނީ ކާފިޔުގެ ވަގުތު 4 ގަޑިއިރު އިތުރުކުރެވިފައެވެ.